ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ޕާސްޕޯޓް ޕަބްލިކް ނޯޓިސް

މިޑިޕާޓްމަންޓްގެ ނަންބަރު: (IUL) 94-A/94/2012/39 (26 ނޮވެމްބަރ 2012) އިޢުލާނުގެ 4 ވަނަ މާއްދާގައި އެއްވެސް ޙާލަތެއްގައި ޕާސްޕޯޓުގެ ވެރިފަރާތް ނޫން އެހެން ފަރާތެއްގެ އަތުގައި ޕާސްޕޯޓް ބާއްވައިގެން ނުވާނެ  ކަމަށާއި އަދި މިގޮތަށް ޕާސްޕޯޓް އެހެން ފަރާތެއްގެ އަތުގައި ވާނަމަ މިޑިޕާޓްމަންޓަށް ހާޒިރުވުމުން ޕާސްޕޯޓް ހޯދައިދިނުމަށް މަސައްކަތް ކޮށްދެވޭނެ ކަމަށާއި ޕާސްޕޯޓް ހިފަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެކަމަށް ދެންނެވިފައިވާނެއެވެ.

އެހެންކަމުން އެ ޢިއުލާނުގައި ދެންނެވިފައިވާ ފަދައިން ޢަމަލުކުރަމުން ނުގެންދާ ކަމަށް ރިޕޯޓު ލިބޭ ފަރާތައް މިޑިޕާޓްމަންޓުން ޗެކުކޮށް އިމިގްރޭޝަންގެ ޤާނޫނު ނަމްބަރު 2007/1 ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 އޭޕްރިލް 2013
ހޯދާ