މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ޙާފިޡަކު ބޭނުންވެއްޖެ

އިޢުލާން

1437 ވަނަ އަހަރު މިރަށުގެ މަސްޖިދުއްތަރާހުމީގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ޙާފިޡަކު ބޭނުންވެއްޖެއެވެ.

1437 ވަނަ އަހަރު ރަމަޟާންމަހު މިރަށުގެ މަސްޖިދުއްތަރާޙުމީގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް ޝައުޤުވެރިވެލައްވާ ޙާފިޡުންނަށް އެފުރުޞަތު މިކައުންސިލުން ހުޅުވާލަމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ހޮވިވަޑައިގަންނަވާ ޙާފިޡުންނަށް ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް އެލަވަންސް ލިބިވަޑައިގަންނަވާނެއެވެ.

1- ހިފްޡުކޮށް އިމާމުވެ ނަމާދުކުރާ (ރާއްޖޭގެ) ޙާފިޡަކަށް ކޮންމެ ރެއަކަށް -/400 (ހަތަރުސަތޭކަ ރުފިޔާ) އެވެ.

2- ހިފްޡުކޮށް އިމާމުވެ ނަމާދުކުރާ (ބިދޭސީންގެ) ޙާފިޡަކަށް ކޮންމެ ރެއަކަށް -/200 (ދުއިސައްތަ ރުފިޔާ) އެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި އައިޑީކާޑުގެ ކޮޕީ، ހިފްޡުކޮށް ނަމާދުކުރުމަށް އެދި ހުށަހާޅާ ސިޓީއާއެކު 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

15 މާރިޗު 2016
ހޯދާ