މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ކޯސްތައް އެޕްރޫވް ކުރުން

އިޢުލާން

މި ކައުންސިލުގައި ކޯސްތައް އެޕްރޫވް ކުރުމާ ބެހޭ

މިހާރަކަށް އައިސް މި ކައުންސިލަށް ހުށަހެޅޭ ރަޖިސްޓްރޭޝަން ފޯމުތަކަށް ބަލާއިރު، މި ކައުންސިލުން ގަބޫލުނުކުރާ އިންސްޓިޓިއުޓުތަކުން ކޯސްތައް ހަދަމުންދާކަން ވަނީ ފާހަގަ ކުރެވެއެވެ. މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީ ކުރެވޭނީ، މި ކައުންސިލުން ގަބޫލުކުރާ އިންސްޓިޓިއުޓުތަކުގެ ކޯސްތައް ކަމުގައި ދަންނަވަމެވެ. އެއީ، ރާއްޖޭގެ އިންސްޓިޓިއުޓެއް ކަމުގައިވިއަސް އަދި ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޓެއް ކަމުގައި ވިއަސް މެއެވެ. ވީމާ، މި ކައުންސިލުގައި ރަޖިސްޓަރީކުރަން އެދޭ ފަރާތްތަކުން، ކޯހެއް ހެދުމުގެ ކުރިން، އެ ކޯހެއް ހިންގަނީ މި ކައުންސިލުން ގަބޫލުކުރާ ތަނަކުންތޯ ބަލަންވާނެއެވެ. އަދި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ގަބޫލުނުކުރާ ތަނަކުން ހަދާފައިވާ ކޯސްތައް މި ކައުންސިލުގައި ރަޖިސްޓަރީ ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

05 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016
ހޯދާ