ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާ

އިޢުލާން 

މިއެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 10:00 ( ހެނދުނު ) ގައި ސްޓެލްކޯ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

މިޖަލްސާއަކީ އިންތިޚާބީ ޖަލްސާއެއްކަމުން، މި އިންތިޚާބުގައި ވޯޓްލެވޭ ކްލަބް ޖަމްޢިއްޔާ، ޖަމާޢަތްތަކުން 2016 މާރިޗު 08 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އެކްލަބް ޖަމްޢިއްޔާ، ނުވަތަ ޖަމާޢަތުން އިންތިޚާބީ އަހަރީ ޢާންމު ޖަލްސާގައި ކްލަބް، ޖަމްޢިއްޔާ ނުވަތަ ޖަމާޢަތް ތަމްސީލުކުރާ ފަރާތް ރަޖިސްޓަރީކުރާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ހުށަހެޅުއްވުމަށްފަހު ފޯމު އެސޯސިއޭޝަނަށް ބަލައިގަތްކަމުގެ ލިޔުން ހޯއްދެވުން އެދެމެވެ. މިތާރީޚުގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އަދި، މިޖަލްސާގައި އިންތިޚާބު ކުރެވޭނެ، ތިރީގައިމިވާ މަޤާމުތަކަށް ނަން ހުށަހަޅުއްވަން ބޭނުންވާ ކްލަބް ޖަމްޢިއްޔާ، ޖަމާޢަތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2016 މާރިޗު 08 އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. މިތާރީޚުގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައެއް ނުގަނެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ހިންގާ ކޮމެޓީއަށް އިންތިޚާބު ކުރެވޭ މަޤާމުތައް.

  1. ޕްރެޒިޑެންޓް (އަދަދު 1)
  2. ވައިސް ޕްރެޒިޓެންޓް (އަދަދު 1)
  3. ޚަޒާންދާރު (އަދަދު 1)
  4. ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަންގެ މެމްބަރު ކަމަށް. (އަދަދު 3)
  5. ރޫލްސް ކޮމިޝަންގެ މެމްބަރު ކަމަށް. (އަދަދު 3)
  6. ބީޗު ވޮލީބޯލް ކޮމިޝަންގެ މެމްބަރު ކަމަށް. (އަދަދު 6)

ހިންގާ ކޮމެޓީ މެމްބަރަކަށް ކުރިމަތިލުމުގެ ޝަރުޠުތައް.

  1. މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ، އެސޯސިއޭޝަންގެ ފުރިހަމަ މެންބަރު ކްލަބް، ޖަމްޢިއްޔާ ޖަމާޢަތެއްގެ ހިންގާ ކޮމެޓީ (މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އެކްލަބް، ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގާ ކޮމެޓީގެ ގޮތުގައި އެންމެ ފަހުން ރަޖިސްޓަރީ ކޮށްފައިވާ ހިންގާ ކޮމެޓީ) ގެ މެމްބަރަކަށްވުން.
  2. އެސޯސިއޭޝަންގެ ހިނގަމުންދާ ދައުރުގެ ހިންގާ ކޮމެޓީގެ މެންބަރަކަށްވުންް.
  3. ފާއިތުވެދިޔަ ހަތަރުއަހަރު މެދުނުކެނޑި ޚިދުމަތުގައި ހުރި އެސޯސިއޭޝަންގެ ރެފްރީއެއް ނުވަތަ ކޯޗަކަށް ވުން.
  4. ޤައުމީ ކުޅިވަރު އެހެން އެސޯސިއޭޝަނެއްގެ ހިންގާ ކޮމެޓީގެ މެމްބަރަކަށް ނުވުން.
  5. މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތަކަށް ނުވުން.

އިންތިޚާބާާ ގުޅޭގޮތުން ހުށަހަޅަންޖެހޭނީ ލިޔުންތަކުގެ އަސްލުކަމުގައިވެސް ދަންނަވަމެވެ. އިންތިޚާބީ އަހަރީ ޢާންމު ޖަލްސާގައި ކްލަބް، ޖަމްޢިއްޔާ ނުވަތަ ޖަމާޢަތް ތަމްސީލުކުރާ ފަރާތް ރަޖިސްޓަރީކުރާ ފޯމު ހުށަނާޅުއްވާ ކްލަބް، ޖަމްޢިއްޔާ ޖަމާޢަތަކަށް އިންތިޚާބީ އަހަރީ ޢާންމު ޖަލްސާގަައި ބައިވެރިނުވެވޭނެއެވެ. އިންތިޚާބާ ގުޅޭ ފޯމުތައް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ( 1 ވަނަ ފަންގިފިލާ / ހ.ބޯޅަގެ، އަބަދަށްއުފާމަގު ) އިން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ 3317015 އާ ގުޅުއްވުން އެދެމެވެ.

19 ޖުމާދަލްއޫލާ 1437 

28 ފެބުރުވަރީ 2016
ހޯދާ