ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

އިޢުލާން

ހއ.ތުރާކުނު މެޖިސްޓްރޭޓް ކޯޓުގެ އާޢިމާރާތް ކުރުމަށްޓަކައި ދޫކޮށްފައިވާ ބިމުގައިހުރި ރުއްގަހުގެ ވެރިން ހޯދުން

ހއ.ތުރާކުނު މެޖިސްޓްރޭޓް ކޯޓުގެ އާޢިމާރާތް ކުރުމަށްޓަކައި ހއ.ތުރާކުނު ފަރިޔާޒުގެ އަޙްމަދު ޝަރީފަށް ދޫކޮށްފައިވާ "ފިނިރޯޅި" އެވެ ކިޔާ ގޯތީގެ އިރުމަތީފަރާތުގައި އޮތް ބިމުން ދޫކޮށްފައިވާ ބިމުގައިހުރި ރުއްގަހުގައި މިއިދާރާއިން ވާނީ ފެހިކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ.

ވީމާ، މިބިމުގައިހުރި ރުއްގަހުގެ ވެރިޔަކު ވާނަމަ 29 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި ސިޓީ ހުށަހަޅާފައި ނުވާނަމަ، އެރުއްގަހުގެ ވެރިޔަކު ނެތީކަމުގައި ބަލައި، އެރުއްގަސް ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

އަދި ހއ.ތުރާކުނު މެޖިސްޓްރޭޓް ކޯޓުގެ އާޢިމާރާތް ކުރުމަށްޓަކައި ދޫކޮށްފައިވާ ބިމުގެ ޗާޓު އިޢުލާނާއެކު ޢާންމުކުރީމެވެ. 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

6 ޖުމާދަލްއޫލާ 1437

15 ފެބުރުވަރީ 2016
ހޯދާ