ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މަސައްކަތު

އެސް.އެސް 1

މަޤާމު:

ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

ކްލެސިފިކޭޝަން

ތުރާކުނު ކައުންސިލުގެ އިދާރާ

ކޯޕަރޭޓް އެފެއާޒް

އޮފީސް / އިދާރާ

ސެކްޝަން

ތުރާކުނު ކައުންސިލްގެ އިދާރާ

-/3,100 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުސާރަ:

-/1,000 ރުފިޔާ

ސަރވިސް އެލަވަންސް:

01

ބޭނުންވާ އަދަދު:

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 07:50 ގެ ކުރިން އޮފީހަށް ހާޒިރުވެ، އޮފީސް ޢިމާރާތުގެ އެތެރެ ފޮޅައި ސާފުކުރުމާއި ފާޚާނާ ސާފުކޮށް ބެލެހެއްޓުން.
  2. ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު އޮފީހުގެ ގޯތިތެރެއާއި، ވަށާފާރުގެ ބޭރުން ކުނިކަހައި ސާފުކުރަންޖެހޭ ސަރަޙައްދު ކުނިކަހައި ސާފުކުރުން.
  3. ގަވާއިދުން އޮފީހުގެ ދިދަ ނަގައި ތިރިކުރުން.
  4. އެކިއެކި ބޭނުންތަކަށް އޮފީހަށް ހާޒިރުކުރަންޖެހޭ ފަރާތްތަކަށް ދެންނެވުން.
  5. އޮފީހުން ހަވާލުކުރާ އިޢުލާން، ދެންނެވުން ފަދަ ލިޔުންތައް ޢާންމުކޮށް ފެންނާނެގޮތަށް ރަށުތެރޭގައި ބެހެއްޓުމާއި، ލައުޑްސްޕީކަރ ބޭނުންކޮށްގެން ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  6. ރަށަށް ޒިޔާރަތްކުރާ އެކިއެކި ވަފްދުތަކުގެ ބޭފުޅުން ރަށަށް ފައިބައިވަޑައިގަތުމާއި، އެނބުރި ފުރާވަޑައިގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން.
  7. އޮފީހުން ހަމަޖައްސާ ގޮތެއްގެމަތިން އޮފީހުގެ ގޯތިތެރޭގައި ގަސް އިންދައި ގަސްތައް ކޮށައި ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  8. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި ފެންތާނގީތައް ސާފުކޮށް ފެން ނަގައި ބެލެހެއްޓުން.
  9. މީގެއިތުރުންވެސް މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ ރަސްމީ އެންމެހާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ގާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ
  • މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިއިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި ތުރާކުނު ކައުންސިލްގެ އިދާރާގައެވެ. އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި އިނާޔަތްތައް:

  • ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ހަމަޖެހޭނެއެވެ.
  • މަޤާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ތުރާކުނު ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500035 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6500035 އެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

29 ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016
ހޯދާ