ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ގަތުމާބެހޭ

އިޢުލާން

ކައުންސިލް އިދާރާއަށް ޕިކަޕެއް ގަތުމާބެހޭ

މިރަށު ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް 2 ޓަނުގެ ޕިކަޕެއް ގަތުމަށް ކުރެވުނު އިޢުލާން ނަމްބަރު IUL)413/413/2016/4) ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިޢު ކުރެވިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ އޮތް ފަރާތްތަކުން 17 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 22 ފެބްރުއަރީ 2016 ވާ ހޯމަަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތިރީގައި މިދަންނަވަނީ ބިޑް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުސޫލެވެ.

މަސައްކަތުގެ އަގަށް: %80

މުއްދަތު: % 10

މާލީ ތަނަވަސްކަމަށް: % 10

މާލީ ތަނަވަސްކަމަށް ޕޮއިންޓް ދެވޭނީ އެކަން ކަށަވަރުކޮށްދޭ ލިޔުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

1 ޖުމާދަލްއޫލާ 1437

10 ފެބުރުވަރީ 2016
ހޯދާ