ޣާޒީ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުކުރުން

ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ސްކޫލުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 3 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ޕްރޮޕޯޒަލް ބަލައިގަތުން 9 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ސްކޫލުގެ މީޓިންގރޫމުގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނަންބަރު ފޯނާއެވެ.

25 ޖަނަވަރީ 2016
ހޯދާ