ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އެޖެންސީގެ ދަށުން ސ.ހިތަދޫގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ކްލައިންޓުންނަށް 02 އަހަރު ދުވަހުގެ މުއްދަތަށް ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު IUL)434-A/1/2016/3)ފ(05 ޖަނަވަރީ 2016) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅުއްވި ފަރާތްތަކުގެ ތެރެއިން ދެ ފަރާތަކީ އެއްބައެއްކަން ފާހަގަކުރެވޭތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވުމަށްފަހު 04 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ ސ.ހިތަދޫގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

13 ރަބީޢުލްއާޚިރު 1437

23 ޖަނަވަރީ 2016
ހޯދާ