ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެރިކަލްޗަރ މަސައްކަތް ކުރުމަށް ބިމެއް ކުއްޔަށްދިނުމާބެހޭ

އިޢުލާން

މެރިކަލްޗަރ މަސައްކަތް ކުރުމަށް ބިމެއް ކުއްޔަށް ދިނުމާބެހޭ

މެރިކަލްޗަރގެ މަސައްކަތް ކުރުމަށް މިރަށު އުތުރުކޮޅުން އިރުމަތީ ފަރާތުން 100،000 (އެއްލައްކަ) އަކަފޫޓުގެ ބިމާއި، ފަޅުތެރެއިން 10 ހެކްޓަރުގެ ސަރަހައްދެއް ކުއްޔަށް ދިނުމަށް ގަސްދުކުރަމެވެ.

ވީމާ، މެރިކަލްޗަރގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ޖަނަވަރީ 2016 (ބުދަ) ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ފެބުރުވަރީ 2016 (ބުރާސްފަތި) ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެވާހަކަ ދެންނެވީމެވެ.     

09 ރަބީޢުލްއާޚިރު 1437

19 ޖަނަވަރީ 2016
ހޯދާ