ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ހ. ވެލާނާގޭގެ އެއަރކޯންތަކަށް އާފްޓަރ ސޭލްސް ސަރވިސް ދޭނެ ފަރާތެއް ހޯދުމާގުޅޭ

1 އަހަރު ދުވަހުގެ މުއްދަތަށް ހ. ވެލާނާގޭގެ އެއަރކޯންތަކަށް އާފްޓަރ ސޭލްސް ސަރވިސް ދޭނެ ފަރާތެއް ހޯދުމާގުޅޭ

މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް 1 އަހަރުދުވަހުގެ މުއްދަތަށް ހ.ވެލާނާގޭގެ އެއަރކޯންތަކަށް އާފްޓަރ ސޭލްސް ސަރވިސް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:           ހ.ވެލާނާގޭގެ އެއަރކޯންތަކަށް 1 އަހަރުދުވަހުގެ މުއްދަތަށް އާފްޓަރ ސޭލްސް ސަރވިސް ދިނުން

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓްރީ ކުރުން:       2015 ޑިސެންބަރު 30 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެެވެ.

ބީލަންކަރުދާސް ދޫކުރުން:    ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް 2015 ޑިސެންބަރު 30 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ބީލަންކަރުދާސް ދޫކުރެވޭނެއެވެ.

މަޢުލޫމާތު ދިނުން:        ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2015 ޑިސެންބަރު 31 ވަނަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލު ފޮނުވުން:         ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ޖަނަވަރީ 05 ވަނަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ.

ބީލަން ކަރުދާސް:         2016 ޖަނަވަރީ 14 ވަނަ ދުވަހުގެ 15:00 ގައި އެސްޓީއޯ ހެޑްއޮފީހުގައި ބީލަންކަރުދާސް ހުޅުވުން އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:     3344374 , 3344371

ފެކްސް:  3344633

އީމެއިލް: [email protected]

22 ޑިސެންބަރު 2015
ހޯދާ