އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ގޭޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުން ދޭ ނަމޫނާ އާ އެއްގޮތަށް ގޭޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

27 ޑިސެންބަރު 2015 (އާދީއްތަ) ދުވަހުގެ 11:00 އަށް

29 ޑިސެންބަރު 2015 (އަންގާރަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3325762, 331346 ނަންބަރު ފޯނާއެވެ.

09 ރަބީޢުލްއައްވަލް 1437

20 ޑިސެންބަރު 2015
ހޯދާ