ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މޭސަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: މޭސަން

ޑިޕާޓްމަންޓް: ސިވިލް އެންޑް ޕަބްލިކް ވާރކް ސަރވިސަސް

ޝެކްޝަން: ބިލްޑިންގ މެއިންޓެނަންސް އެންޑް މޮނިޓަރރިންގ

އަދަދު: 1

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ މޭސަނަރީ / ރާނައި ސިމެންތިޖެހުމުގެ މަސައްކަތުގައި މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މިކޯޕަރޭޝަންގެ ބިލްޑިންގ މެއިންޓެނަންސްގެ މަސައްކަތްތައް ސުޕަވައިޒަރުންގެ ލަފައާއި އިރުޝާދުގެ މަތިން ކުރުން. ޚާއްޞަކޮށް މަރާމާތުގައި އެކުލެވޭ މޭސަނަރީ (ރާނައި ސިމެންތިޖެހުން) މަސައްކަތްތައް ކުރުން.

- މޭސަނަރީއަށް ބޭނުންވާނެ އާލާތްތައް ހަމައަށް ސްޓޮކްގައި ހުރިތޯ ބަލައި އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.

- މެއިންޓެނަންސް މައްސަލަތައް ވެރިންގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ހައްލުކުރުން.

- މެއިންޓެނަންސް މަސައްކަތްތައް ކުރުމުގައި މެއިންޓެނަންސް ޓީމު އަދި ސުޕަވައިޒަރަށް އެއްބާރުލުންދީ އެހީތެރިވެދިނުން.

- މެއިންޓެނަންސްއަށް ބޭނުންވާ އާލާތްތައް އެއްތަނުން އަނެއްތަނަށް އުފުލުން.

- މަޤާމާއި ސެކްޝަނުގެ މަސައްކަތާ ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- ރާނައި ސިމެންތިޖެހުމުގެ މަސައްކަތްތައް އެނގޭ ފަރާތަކަށްވުން.

- އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެ ފަދަ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: -/4980ރ (އެލަވަންސްތަކާއެކު މަދުވެގެން -/11340ރ. ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މިވަޒީފާއަށް މުވައްޒަފެއް ޢައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރުދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފީހުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

1ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                  3ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                              ނުވަތަ                   ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު: 3336755                                                    ފޯނު: 3353535   

ފެކްސް: 3335892                                                  ފެކްސް: 3358892

21 ޑިސެންބަރު 2015
ހޯދާ