އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްކޫލް ހެލްތު އޮފިސަރ

   އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސްކޫލް ހެލްތު އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: އއ. އަތޮޅު ތަޢުލީމީ މަރުކަޒު

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އއ. އަތޮޅު ތަޢުލީމީ މަރުކަޒު، އިދާރީބައި

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އިންޓަރ ހައުސް ކުޅިވަރު މުބާރާތްތަކާއި، ކުދިންނަށް ބޭއްވޭ ތަފާތު ހަރަކާތްތަކާއި، ބޭނުންވެދާނޭ ޞިއްޙީ ފަރުވާއެއްގެ އިންތިޒާމްކުރުން.

2. ހެލްތު ރޫމަށް ގެނެވޭ ދަރިވަރުންނަށް އެހީތެރިވުމާއި ފަރުވާދިނުމުގައި އަވަސް ޚިދުމަތް ފޯރުކޮށްދިނުން.

3. ދަރިވަރުންގެ ޞިއްޙީ ހޭލުންތެރިކަމަށްޓަކައި ސްކޫލާ ގުޅިގެން ތަފާތު ޕްރޮގްރާމްތައް ރާވައިގެން ކުރިޔަށް ގެންދިޔުން.

4. ކޮންމެ ދުވަހަކުވެސް، ސްކޫލްގެ ފާޚާނާތަކާއި، ބޯފެނުގެ ނިޒާމާއި، ސްކޫލުގެ މާޙައުލުގެ ސާފުތާހިރުކަން ކަށަވަރުކޮށް، ފިޔަވަޅެއް އަޅަންޖެހޭނަމަ، ވެރިޔާއަށް އެކަން އެންގުން.

5. ޓާމަކު އެއްފަހަރު، ކުދިންގެ އިސްކޮޅާއި ބަރުދަން ބަލައި، ރިކޯޑްތައް ބެލެހެއްޓުން.

6. ހެލްތު ރޫމުގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.

7. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާންމުގޮތެއްގައި ދިމާނުވާ ޒާތުގެ ބޮޑެތި މައްސަލަތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

8. ދަރިވަރުންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން.

9. ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެހީތެރިވެދިނުން.

10. ކުރިޔަށްއޮތް އަހަރު ސްކޫލުގެ ހެލްތު ޕްރޮގްރާމް ހިންގާނޭގޮތުގެ ތާވަލް ތައްޔާރުކޮށް އެޑިޔުކޭޝަން މިނިސްޓްރީއަށް ފޮނުވުން.

11. މީގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން މި މަރުކަޒުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:                                                                                                 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

- ދިވެހިބަހާއި، އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.             

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއު ކުރުން، 2015 ޑިސެންބަރު 27 ވަނަ ދުވަހު މި މަރުކަޒުގައި އޮންނާނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުވެއްޖެނަމަ، ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ އިދާރާއިންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ،މި މަރުކަޒުގެ އިދާރާއަށެވެ. އީ.މެއިލް ކުރަން ބޭނުންވާ ފަރާތްތަކުން، [email protected] އަށް ފޮނުވުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޑިސެންބަރު 21 ވާ ހޯމަ ދުވަހުގެ 12:00 އެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، .އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 6660020 ނަންބަރުފޯނަށް ގުޅުން އެދެމެވެ. 

27 ޞަފަރު 1437

09 ޑިސެންބަރު 2015
ހޯދާ