މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޓްރެއިނިންގ ކޯރޑިނޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ޤާއިމްކުރެވޭ ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރުތަކަށް (ބީ. ޑީ. އެސް. ސީ) ތިރީގައިމިވާ މަޤާމްތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުމަށް ފުރުޞަތު ހުޅުވައިލަމެވެ. ބީ. ޑީ. އެސް. ސީ. އާބެހޭ އިތުރު މަޢުލޫމާތު މި ޢިޢުލާނާއެކުވާ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައިވާނެއެވެ.

ސ. ހިތަދޫ ބިޒްނަސް ޑިވެލޮޕްމަންޓް ސެންޓަރ

01 ޓްރެއިނިންގ ކޯރޑިނޭޓަރ

މި ވަޒީފާއަށް އެދި މިނިސްޓްރީއަށް ސިޓީ ހުށަހަޅާއިރު، ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މަޤާމާ ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާޞާއެއް ސިޓީގައި ހިމެނިފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ކުރިން މަސައްކަތްކުރި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ.

އިންޓަވިއު:
މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެކު އިންޓަވިއުކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ޢިޢުލާނާއެކުމިވާ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތުގެމަތިން، 2015 ޑިސެންބަރު 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ސިޓީ ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅާނަމަ، [email protected] އަށް މެއިލްކުރުން އެދެމެވެ.

މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް، މި މިނިސްޓްރީގެ http://www.trade.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 ސިޓީއުރައިގައި، 'ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރުގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: ، 3333123، 3333196 (960)+

އީމެއިލް: [email protected]

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

‏25‏ ޞަފަރު‏ 1437

07 ޑިސެންބަރު 2015
ހޯދާ