ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ: ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރންޖެހޭ ތަން: ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާ

މުސާރަ: 4465.00 ރުފިޔާ

ސަރވިސް އެލަވަންސް:  1500.00 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)      

ތަޢުލީމާއި ތަޖުރިބާ:

1 . އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިުން. ނުވަތަ؛

2 . ސާނަވީ  އިމްތިހާނަކުން  2  މާއްދާއިން  ދަށްވެގެން  "ޑީ"  ގްރޭޑް  ލިބިފައިވުމާއެކު،  އޭގެ  އިތުރުން،  ސެކަންޑްރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނުގައި  "ދިވެހި"  މި  މާއްދާއިން  ދަށްވެގެން  "ސީ"  ގްރޭޑް  ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. މުވައްޒަފުންނަށް ވަޒީފާދިނުބާބެހޭ ލިޔުންތަކާއި، ވަޒީފާ ވަކިކުރުމާބެހޭ ލިޔުންތައް، ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ފައިލްކޮށް ބެލެހެއްޓުން.
  2. މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.
  3. މުވައްޒަފުންގެ ރެކޯޑް ފައިލާއި، ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން.
  4. ކައުންސިލްގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔުމާއި، ޖަލްސާތަކުގެ އެޖެންޑާ، ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން ހަވާލުކޮށް، ޔައުމިއްޔާތަކާއި، އެޖެންޑާތަކާއި، ކައުންސިލުން ނިންމާ ޤަރާރުފަދަ ތަކެތި ލިޔުމާއި، ކައުންސިލުން ފޮނުވަންޖެހޭ ރިޕޯޓްތައް ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  5. ކައުންސިލުގެ ބައްދަލުވުންތަކުން ނިންމާ ކަންތައްތައް، އިދާރާގެ ވެބްސައިޓް ހުރިނަމަ ވެބްސައިޓްގައި ނުވަތަ ނޯޓިސް ބޯޑްގައި ޝާއިޢުކުރުމާއި، އެފަދަ ނިންމުންތައް ޔުނިޓްތަކާ ހަވާލުކުރުން.
  6. ކައުންސިލުގެ ހާޒިރީ ރިޕޯޓް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ކައުންސިލަރުންގެ ޗުއްޓީއާއި، ސަލާމުގެ ކަންތައް ބެލެހެއްޓުން.
  8. ރަށުގައި ހުންނަ ދައުލަތުގެ މުވައްސަސާތަކާއި، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  9. ކައުންސިލަށް ލިބިފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށުފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި، އެއާގުޅޭ ޤަވާއިދު ހަދައި ހިންގުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  10. ރަށުގައި އަމަންއަމާން، ޞުލްޙަވެރި ވެށްޓެއް ޤާއިމްކުރުމަށްޓަކައި ފުލުިހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  11. އިންތިޚާބުތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި ވަކިފަރާތެއް ހަމަޖެހިފައިނުވާނަމަ، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  12. އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުން.
  13. ކައުންސިލް އިދާރާގެ އީމެއިލް ޗެކްކުރުމާއި، އީމެއިލްކުރަންޖެހޭ ތަކެތި އީމެއިލްކުރުން.
  14. ހުކުރު ޚުޠުބާއާއި،، ޢީދުޚުޠުބާ ހަވާލުކުރަންޖެހޭ ފަރާތްކާ ހަވާލުކުރުން.
  15. ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން ފޮނުވަންޖެހޭ ލިޔުންތައް (ސެކްޝަނުގެ ވެރިޔާ ނުވަތަ ކައުންސިލުގެ މަޝްވަރާގެމަތިން) ލިޔެ ފޮނުވައި، ލޮގްކޮށް ބެލެހެއްޓުން.
  16. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
  17. ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެ މުވައްޒަފަކު ކުރަމުންދިޔަ މަސައްކަތް ވަގުތީގޮތުން ހަވާލުކޮށްފި ހިނދެއްގައި އެ މަސައްކަތް ކުރުން.
  18. ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ގޮވަންޖެހޭ ގޮވުންތައް ގޮވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް ބެލެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އިންޓަވިއު އޮންނާނެ ތަނާއި ގަޑި، ޝަރުޠުހަމަވާ ފަރާތްތަކަށް މި އިދާރާގެ ފަރާތުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ސިވިސް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރާފައި ހުށަހަޅާނީ،  2015 ޑިސެންބަރު 21 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ގއ. ގެމަނަފުށީ ކައުންސިލް އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތް:

  • ސިވިސް ސަރވިސް ގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމު، ގެމަނަފުށީ ކައުންސިލް އިދާރާއިން  ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބުސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭން ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
  7. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7611172 ނަމްބަރު ފޯނަށެވެ.

25 ޞަފަރު 1437

07 ޑިސެންބަރު 2015
ހޯދާ