މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މެޑިކަލް ލައިސެންސިންގ އިމްތިޙާނާބެހޭ

މި އިޢުލާންވަނީ 10 ޑިސެންބަރު 2015 08:38 ގައި ބާތިލް ކުރެވިފައެވެ.


މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ މެޑިކަލް ލައިސެންސިންގ އިމްތިޙާން 30 ޑިސެންބަރު 2015 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިޙާން ދިނުމަށް ހަމަޖެހިފައިވަނީ މެޑިކަލް ކައުންސިލުގައި 31 ޑިސެންބަރު 2015 ގެ ފަހުން ރަޖިސްޓަރީކޮށްފައިވާ ދިވެހި އަދި ބިދޭސީ MBBS ޑޮކްޓަރުންނަށެވެ. މި އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއި މި އިމްތިޙާނުގައި އަންނާނެ ބައިތަކާބެހޭ މަޢުލޫމާތު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ވެބްސައިޓް www.mmc.gov.mv އިން އެނގެން ހުންނާނެވާހަކަވެސް ދެންނެވީމެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 22 ޑިސެންބަރު 2015 ގެ 13:00 އެވެ. ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

21 ޞަފަރު 1437 

03 ޑިސެންބަރު 2015
ހޯދާ