އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. މަތިވެރީގައި ސްލިޕްވޭ އެޅުން

މި އިޢުލާންވަނީ 06 ޑިސެންބަރު 2015 11:47 ގައި ބާތިލް ކުރެވިފައެވެ.


ސްލިޕްވޭ އެޅުމަށް ހަމަޖެހިފައިވާ ތަނާއި، ބޭނުން

އއ. މަތިވެރީގެ އިރުއުތުރުފަރާތު އަތިރިކައިރިން 82959 އަކަފޫޓުގެ ބިމެކެވެ. މި ބިން ދޫކުރެވެނީ ސްލިޕްވޭ ހިންގައިގެން ލިބޭ އާމްދަނީގެ %30 އއ. މަތިވެރީ ކައުންސިލަށް، އަދި ބާކީ %70 ބިޑް ކާމިޔާބުކުރާ ފަރާތަށް ލިބޭގޮތަށް ވިޔަފާރިކުރުމަށެވެ.

ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

މި ބިން ދިނުމަށް ހަމަޖެހިފައިވަނީ 10 އަހަރުދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް، އެގްރިމެންޓް ކުރެވޭނީ ބިޑް ކާމިޔާބުކުރާ ފަރާތުން ހުށަހަޅާ ޕްރޮޕޯޒަލް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ފޮނުވައިގެން 15 އަހަރުގެ މުއްދަތު އިތުރުކޮށްދިނުމުން 25 އަހަރުދުވަހުގެ މުއްދަތަށެވެ.

ބިޑްފޮތް ވިއްކުން:

މި ބިން ދިނުމަށް ހަމަޖެހިފައިވަނީ ބިޑްފޮތް ވިއްކައިގެންނެވެ. ބިޑްފޮތް ވިއްކާނީ 06 ޑިސެންބަރު 2015 ން 20 ޑިސެންބަރު 2015 އަށް އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާއިން. (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި)

ބިޑްފޮތް ވިއްކާ ގަޑި:

9:00 އިން މެންދުރުފަހުގެ 13:30 އަށް

ބިޑްފޮތް ވިއްކާ އަގު:

ބިޑް ފޮތެއްގެ އަގަކީ =/8,000 (އަށްހާސް ރުފިޔާ) އެވެ.

ބިޑް ހުށަހަޅަންޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ

ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑި:

ތާރީޚު

ގަޑި

24 ޑިސެންބަރު 2015 (ބުރާސްފަތި)

13:00

ބިޑްފޮތާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ބިޑް ސެކިއުރިޓީ ގޮތުގައި =/100,000 (އެއްލައްކަރުފިޔާ) ބޭންކް ގެރެންޓީއެއްގެ ހުށަހަޅަންވާނެއެވެ. މިބޭންކް ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 60 ދުވަހުގެ ބޭންކް ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ.
  2. ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަނުގެ ރަޖިސްޓްރީގެ ކޮޕީ.
  3. ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއް ނަމަ، އެންމެފަހުން އަހަރީފީ ދެއްކި ރަސީދުގެ ކޮޕީ.
  4. ވަކިފަރުދެއްނަމަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. އެއްވެސް ކަހަލަ ވިޔަފާރިއެއް ކުރާނަމަ އެކަން އެނގޭނޭ ލިޔުން.
  6. ބިޑް ހުށަހަޅަނީ ކުންފުންޏަކުންނަމަ، ބިޑް ފޯމުގައި ސޮއިކޮށް ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ފޯމު ހުށަހެޅުން.
30 ނޮވެންބަރު 2015
ހޯދާ