މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިޤްތިޞާދީ ބޭނުމަށް، ވިޔަފާރި އުސޫލުން ރަށްރަށުން ބިން ދޫކުރުމާބެހޭ

އިޤްތިޞާދީ ބޭނުމަށް، ވިޔަފާރި އުސޫލުން ރަށްރަށުން ބިން ދޫކުރުމަށް ކުރެވުނު ނަންބަރު: IUL)138-DS1/426/2015/40)ފ(10 ނޮވެންބަރު 2015) އިޢުލާނުގެ މުއްދަތު އިތުރުކުރުން.

ޤާނޫނު ނަންބަރު 1/2002 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ) ގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މި މިނިސްޓްރީއާ ހަވާލުކޮށްފައިވާ، ރާއްޖޭގެ ރަށްރަށުގެ ބިންތައް އެކިއެކި އިޤްތިޞާދީ ކަންކަމުގައި، ވިޔަފާރި އުސޫލުން މުޢާމަލާތުކޮށްގެން، އިތުރު އާމްދަނީއާއި ވަޒީފާ ހޯދޭނޭ މަގުތައް ފަހިކޮށްދީ، ރަށްރަށުގައި އިޤްތިޞާދީ އެކިއެކި ބޭނުންތަކަށް ބިން، ދިގުމުއްދަތަށް ކުއްޔަށް ދޫކުރުން ނުވަތަ ބިން ވިއްކުމުގެ ސިޔާސަތުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދު "މިނިސްޓްރީތަކާ ހަވާލު ކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތު ކުރުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތީން، ރަށްރަށުން އިޤްތިޞާދީ ބޭނުމަށް، ވިޔަފާރި އުސޫލުން ބިންދޫކުރުމަށް، ކުރެވުނު ނަންބަރު: IUL)138-DS1/426/2015/40)ފ(10 ނޮވެމްބަރ 2015) އިޢުލާނުގައިވާ މުއްދަތުގައި މަޢުލޫމާތު ދެވިފައިނުވާތީ، ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ މުއްދަތު މިހާރުވަނީ އިތުރު ކުރެވިފައެވެ.

ވީމާ "އިޤްތިޞާދީ ބޭނުންމަށް، ވިޔަފާރި އުސޫލުން ރަށްރަށުން ބިންދޫކުރުން" މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ހިމެނިފައިވާ ރަށްރަށާއި ދޫކުރެވޭ ބިންތަކާބެހޭ މަޢުލޫމާތާއި ޕްރޮޕޯޒަލް ހުށަހަޅަންވީގޮތާއި މިކަމަށް ތައްޔާރުކުރެވިފައިވާ ފޯމާއި، އަދި މިނޫންވެސް އިތުރު މަޢުލޫމާތު، 01 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުން ފެށިގެން މި މިނިސްޓްރީގެ ވެބްސައިޓުން ( www.housing.gov.mv ) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ، އާމްދަނީ ލިބޭނޭ ވަސީލަތެއްގެ ގޮތުގައި، ވިޔަފާރި އުސޫލުން ރަށްރަށުން ބިން ބޭނުންކުރަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 02:00 ގެ ކުރިން (ރަސްމީގަޑީގައި) ޕްރޮޕޯޒަލް މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި " އިޤްތިޞާދީ ބޭނުންމަށް ވިޔަފާރި އުސޫލުން ރަށްރަށުން ދޫކުރާ ބިން ހޯދުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަތުމަށްފަހު، ބަލައިގެންކަން އެނގޭނޭ ލިޔުމެއް ދޫކުރެވޭނެއެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެއެވެ. އަދި މި މިނިސްޓްރީން ދޫކުރާ ފޯމުގައި ނޫން އެހެނިހެން ގޮތްގޮތަށް ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބާޠިލުކުރެވޭނެއެވެ.

އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004322 ނުވަތަ 3004300 ފޯނުން އެކްސްޓެންޝަން ނަންބަރު 112 އާ ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

14 ޞަފަރު 1437

26 ނޮވެންބަރު 2015
ހޯދާ