ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުއްވެއްޖެ

މި ޓްރައިބިއުނަލްގެ އެއަރކޮންޑިޝަންތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ, މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 29 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ޓްރައިބިއުނަލް (ގ.ފަތުރުވެހި، މަޓީ ބިލްޑިންގގެ 03 ވަނަ ފަންގިފިލާ، ބުރުޒުމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 (ގ.ފަތުރުވެހި، މަޓީ ބިލްޑިންގގެ 03 ވަނަ ފަންގިފިލާ، ބުރުޒުމަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތުދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިޓްރައިބިއުނަލްގެ 3308773 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

07 ޞަފަރު 1437

19 ނޮވެންބަރު 2015
ހޯދާ