މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ގްރެފިކް އެންޑް އިންފޮމޭޝަން ޑިޒައިން ކޮންސަލްޓަންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަނަށް ތިރީގައިމިވާ މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުމަށް ފުރުޞަތު ހުޅުވައިލަމެވެ.

01 ގްރެފިކް އެންޑް އިންފޮމޭޝަން ޑިޒައިން ކޮންސަލްޓަންޓް

މި ވަޒީފާއަށް އެދި ސިޓީ ހުށަހަޅާއިރު ތިރީގައިވާ ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މަޤާމާ ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީގައި ހިމެނިފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)

ސުންގަޑި:

- މި މަޤާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޢިޢުލާނާއެކުމިވާ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތުގެމަތިން، 30 ނޮވެންބަރު 2015 ގެ 14:00 ގެ ކުރިން، ސިޓީ ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.

- މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ http://www.trade.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

- ސިޓީއުރައިގައި 'އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަނުގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި ވާންވާނެއެވެ.

ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު:

ފޯނު: 3333149 (960)+

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

7 ޞަފަރު 1437

19 ނޮވެންބަރު 2015
ހޯދާ