މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ބިމެއް ކުއްޔަށް ދިނުމާބެހޭ

އިޢުލާން

ގާއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ބިމެއް ކުއްޔަށް ދިނުމާބެހޭ

ގާއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި މިރަށު ފުޓްބޯޅަ ދަނޑުގެ ދެކުނު ފަރާތުން 1800 އަކަފޫޓުގެ ބިމެއް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައި ވެއެވެ.

ވީމާ، މިބިން 5 އަހަރު ދުވަހަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަތަކުން " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، 30 ނޮވެމްބަރ 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް ބީލަން ފޯމު ހުށަހެޅުއްވުން އެދެމެވެ. "ކުލީބިމަށް އެދޭ ފޯމު" ވިއްކާ އަގަކީ -/100ރ (ސަތޭކަ ރުފިޔާ) އެވެ. ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ، 22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުން ފެށިގެން 29 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އިން 12:00 އާ ހަމައަށެވެ.

ފޯމު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ފޯމުތައް ބަލައި ގަނެވެން ނޯންނާނެކަން މި ފުރުޞަތުގައި ދަންނަވަމެވެ. ބީލަން ފޯމު ހުށަހަޅަންވާނީ ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެސް ލިޔެވި ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބިމާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6641941 ނަންބަރު ފޯނާއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޞަފަރު 1437

16 ނޮވެންބަރު 2015
ހޯދާ