ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ، މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި ރެވެނިއު ސްޓޭމްޕްޖެހުން

ޤާނޫނު ނަންބަރު 4/70ޖ. ( އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު ) ގެ 3 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މި ޓްރައިބިއުނަލުން ދޫކުރާ، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ރެވެނިއު ސްޓޭމްޕް ޖެހުމަށް ހަމަޖެހިފައިވާތީ 18 ޖުލައި 2013 އިން ފެށިގެން މި ޓްރައިބިއުނަލްގެ، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް އެދޭ ފޯމާއެކު -/20 ރުފިޔާގެ ރެވެނިއު ސްޓޭމްޕެއް ހުށަހަޅަންވާނެ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

8 ރަމަޟާން 1434

16 ޖުލައި 2013
ހޯދާ