މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ވީޑިއޯ ސްޕޮޓެއް ތައްޔާރުކުރުމަށް

މި މިނިސްޓްރީން ކުރިއަށްގެންދާ މަދަނީ ތަޢުލީމުގެ ޤައުމީ ކެމްޕޭންގެ ދަށުން ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި ވީޑިއޯ ސްޕޮޓެއް ތައްޔާރުކުރުމަށް ބޭނުންވެގެން ކުރި ނަންބަރު: IUL)10-F/1/2015/149)ފ(15 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏23 މުޙައްރަމް 1437

05 ނޮވެންބަރު 2015
ހޯދާ