ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
މުށިޖަހައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގެ 4 ކްލާސްރޫމުގައި އަމިއްލަ ތަކެތީގައި މުށިޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ނޮވެންބަރު 2015 ވާ ހޯމަދުވަހުގެ މެންދުރުފަހުގެ 13:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:30 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކުން އެކަން އަންގަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ އުރައިގައެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:30 ގައި އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

23 މުޙައްރަމް 1437

05 ނޮވެންބަރު 2015
ހޯދާ