މަޤާމު: ޖަރނަލިސްޓް ގްރޭޑް 1
|
މުސާރަ
|
މަހަކު -/6900 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/3000
|
މަޤާމުގެ ރޭންކް
|
TP 5
|
ބޭނުންވާ އަދަދު
|
2 (ދޭއް)
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
|
މަޤާމުގެ ޝަރުޠު:
|
މަޤާމާއި ގުޅޭ ދާއިރާއިން ޑިޕޮލޮމާއެއް އޮތުން، ނުވަތަ ޖީސީއީ އޭލެވެލް އިމްތިޙާނުން މަދުވެގެން 4 މާއްދާއިން ފާސްވެފައިވުމާއި، މަޤާމާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީސީއީ އޯލެވެލް އިމްތިޙާނުން 6 މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނަށާއި، ސިޔާސަތުތަކަށާއި، ކޯޕަރޭޝަނުން މުވައްޒަފުންނަށް އަންގާ އެންގުންތަކަށް ފުރިހަމައަށް ތަބާވެ ބޯލެނބުން.
- ރޭޑިއޯއާއި، ޓީވީއާއި، އޮންލައިނާއި، ނިއު މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށް ޚަބަރާއި ރިޕޯޓްހަދައި ހުށަހެޅުމާއި، ވީޑިއޯ/އޯޑިއޯ/ފޮޓޯ އަދި ބޭނުންކުރާ އެހެނިހެން މެޓީރިއަލް އެޑިޓްކުރުމާއި، އެ މަސައްކަތުގައި އެހީތެރިވެދިނުން.
- އޮންކެމެރާ ސްޓޭންޑަޕްސް ހެދުން، އިވެންޓްތައް ރޭޑިއޯއަށާއި ޓީވީއަށް ލައިވްކުރުން.
- ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް އުފައްދައި ހުށަހަޅާދިނުން ނުވަތަ މިކަންކަން ކުރުމަށް އެހީތެރިވެދިނުން.
- ނިއުސް ޑޮކިއުމެންޓްރީ އުފެއްދުން ނުވަތަ އުފެއްދުމަށް އެހީތެރިވެދިނުން.
- ދިވެހި ރައްޔިތުންނަށް ދުވަހުން ދުވަހަށް ފޯރުވައިދޭ ޚަބަރާއި މަޢުލޫމާތު އެންމެ ހަލުވިކޮށް އެންމެ އަވަސްމިނުގައި ގެނެސްދިނުމާއި، އެ ގެނެސްދޭ ކޮންޓެންޓަކީ (ވީޑިއޯ/އޯޑިއޯ/ޓެކްސްޓް އަދި އެހެނިހެން ވަސީލަތްތައް) އޯޑިއަންސް ހިތްހަމަޖެހޭފަދަ ކޮލިޓީއެއް ހުރި އެއްޗެއްސަށް ހެދުމަށް ގަދައަޅައި މަސައްކަތްކުރުން.
- ރޭޑިއޯއާއި ޓީވީން ޚަބަރު ޕްރެޒެންޓްކުރުން.
- އެސައިންކުރެވޭ މަސައްކަތް ފުރިހަމަކޮށް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުން.
- ރޭޑިއޯ/ޓީވީ ޕްރޮގްރާމްތައް ޕްރޮޑިއުސްކުރުން ނުވަތަ އެހީތެރިވެދިނުން.
- ނިއުސްވަރދީ އިވެންޓްތަކުގެ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމާއި، ނިއުސް ފޯރަމަށް ޚަބަރު ޕްރޮސްޕެކްޓްސް ލުން.
- މީގެ އިތުރުން، އިސްވެ ބަޔާންކުރެވުނު ކަންތައްތަކުގެ ތެރޭގައި ނުހިމެނުނުނަމަވެސް، ދިމާވާ ޙާލަތަކާ ގުޅިގެން ނުވަތަ ޚާއްޞަ ޙާލަތްތަކާ ގުޅިގެން ނިއުސް ޑައިރެކްޓަރ އަންގަވާ އެހެނިހެން ކަންކަން ކުރުން.
|
އިތުރުގަޑި:
|
އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:
|
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
- ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 ނޮވެންބަރު 10 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
|