މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކައުންޓިން ސޮފްޓްވެއަރއެއް އަޅައިދީ އަދި މި ސޮފްޓްވެއަރއާއި ގުޅުންހުރި ހުރިހާ ސެޓަޕްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީގެ ވިޔަފާރިއާއި ބެހޭ މުޢާމަލާތްތައް އަދި ޕްރޮޖެކްޓުގެ ހިސާބުތައް ބެލެހެއްޓުމަށް އެކައުންޓިންގ ސޮފްޓްވެއަރއެއް އަޅައިދީ އަދި މި ސޮފްޓްވެއަރއާ ގުޅުންހުރި ހުރިހާ ސެޓަޕްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި އިޢުލާނާއެކު ހިމެނޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތް ކޮށްދެއްވުމަށް  ޝައުޤުވެރިވާ ފަރާތްތަކުން 08 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މ.ބޭންފް ވިލާގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތް ކޮށްދެއްވުމަށް ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 15 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މ.ބޭންފް ވިލާގެ ދެވަނަ ފަންގިފިލާއ ގައެވެ. 11:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި، "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" ފޯމު އަދި މަސައްކަތުގެ ޓާމްސްއޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓްwww.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

14 މުޙައްރަމް 1437   

28 އޮކްޓޫބަރު 2015
ހޯދާ