މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަގަނޑުގެ ބާވަތްތައް އުކާލައިދޭނެ ފަރާތެއް ހޯދުމަށް

މިކައުންސިލުން ބަލަހައްޓަމުންދާ މިރަށު ކުނި ނައްތާލާ ނިޒާމުގެ ސަރަޙައްދުގައިވާ ދަގަނޑުގެ ބާވަތްތައް އަމިއްލަ ތަކެތި ބޭނުންކޮށްގެން އުކާލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކައުންސިލުން ބަލަހައްޓަމުންދާ މިރަށު ކުނި ނައްތާލާ ނިޒާމުގެ ސަރަޙައްދުގައިވާ ދަގަނޑުގެ ބާވަތްތަކާއި އެހެނިހެން ސާމާނު އަމިއްލަ ތަކެތި ބޭނުންކޮށްގެން އުކާލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް އެދޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:30ގައި މިއިދާރާގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިކައުންސިލުގެ މެންބަރު ޢަލީ އައިމަންއާއެވެ.

( ފޯން ނަންބަރު 9114499 ) ކުނި ނައްތާލާ ސަރަޙައްދުގައިވާ ދަގަނޑުގެ ބާވަތްތަކާއި އެހެނިހެން ސާމާނު އަމިއްލަ ތަކެތި ބޭނުންކޮށްގެން އުކާލައިދިނުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 09 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ދަގަނޑުގެ ބާވަތްތަކާއި އެހެނިހެން ސާމާނު އަމިއްލަ ތަކެތި ބޭނުންކޮށްގެން އުކާލައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގެންނެވުން ނެތްފަދަ ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮން ކުންފުންޏެއް ތަފުސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއާއި، ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. ދަގަނޑުގެ ބާވަތްތަކާއި އެހެނިހެން ސާމާނު އަމިއްލަ ތަކެތި ބޭނުންކޮށްގެން އުކާލައިދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ދަގަނޑުގެ ބާވަތްތަކާއި އެހެނިހެން ސާމާނު އަމިއްލަ ތަކެތި ބޭނުންކޮށްގެން އުކާލައިދިނުމުގެ ޕްރޮޕޯޒަލް " މިހެން ލިޔެފައި އޮންނާންވާނެއެވެ. އަދި މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

ހުށަހަޅާ އަގަށް %80

މުއްދަތަށް  % 10

މާލީތަނަވަސް ކަމަށް % 10

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015
ހޯދާ