މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ ގެ ހުޅުމާލެ ފެރީ ނިޒާމުގައި ބޭނުންކުރުމަށް 1 ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން:

އެމްޓީސީސީގެ ހުޅުމާލެ ފެރީ ނިޒާމުގައި ބޭނުންކުރުމަށް މި ކުންފުނިން ބޭނުންވާ މިންގަނޑުތަކަށްފެތޭ 1 ފެރީ ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 10:00 އަށް، އެމްޓީސީސީ ސޯމިލްގެ 1 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، 29 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 10:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

                                 9 މުޙައްރަމް 1437

22 އޮކްޓޫބަރު 2015
ހޯދާ