ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރާއްޖޭގެ ހީވާގި މަސްވެރިންގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމާގުޅޭ:

ރާއްޖޭގެ ހީވާގި މަސްވެރިންގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން ހޮވާލެވޭ ތިރީގައި ދަންނަވާފައިވާ ފަރާތްތަކުން އެފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށް ޚާއްޞަ އެވޯޑެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް މިއަހަރުގެ މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވޭ ރަސްމިއްޔާތުގެ ތެރޭގައި އެވޯޑް ހަވާލުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.  

  1. ރާއްޖޭގައި މިހާރުވެސް މަސްވެރިކަން ކޮށްއުޅޭ، އެންމެ ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރަމުންދާ ޒުވާން ކެޔޮޅުން
  2. ރާއްޖޭގައި މިހާރުވެސް މަސްވެރިކަން ކޮށްއުޅޭ، އެންމެ ޚިދުމަތްތެރި ތަޖުރިބާކާރު ކެޔޮޅުން

ވީމާ، މިސްކިތްމަގު އަވަށުގައި ދިރިއުޅުއްވާ ކެޔޮޅުންގެ ތެރެއިން މިއެވޯޑަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 25 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ ކުރިން މިއިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި އެވޯޑަށް އެދި ހުށަހަޅާ ފޯމް ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ ކައުންޓަރުންނާއި ކައުންސިލްގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެވާހަކަ މަޢުލޫމާތަށްޓަކައި އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.       

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6860505 ނަންބަރު ފޯނަށެވެ.

    5 މުޙައްރަމް 1437ހ.

18 އޮކްޓޫބަރު 2015
ހޯދާ