ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން:                ޕްރިންޓަރ

ރޭންކް:                    އެސް. އެސް. 3

ކްލެސިފިކޭޝަން:               ސަޕޯޓް ސްޓާފް ގްރޭޑް 3

ބޭނުންވާ އަދަދު:               1 (އެކެއް)      

ސެކްޝަން / ޔުނިޓް:            އިދާރީ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:     ބ. ގޮއިދޫ ސްކޫލް

މަޤާމުގެ ގިންތި:               ދާއިމީ

މުސާރަ:                   3870.00 ރުފިޔާ

ސަރވިސް އެލަވަންސް:           1000.00 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

1. އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، IT ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.      

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:  

1. ޕްރިންޓްކުރަން ޖެހޭތަކެތި ޕްރިންޓްކުރުން.

2. ޕްރިންޓްކުރާ ތަކެތީގެ ކޮޕީއެއް ފައިލްކޮށް ބެލެހެއްޓުން.

3. ޕްރިންޓްކުރުމަށް ބޭނުންކުރާ ހުރިހާ މެޝިންތައް ސަރވިސްކުރުމާއި ބެލެހެއްޓުން.

4. ޕްރިންޓްކުރުމަށް ބޭނުންވާ ކަރުދާސް، ދެލި ފަދަ ތަކެތި ދުރާލައި ހޯދުން.

5. ޕްރިންޓިން ރޫމް ސާފުކުރުވައި، ތަރުތީބުކޮށް ބެލެހެއްޓުން.

6. ހަވާލުކުރެވޭ ތަކެތި ލެމިނޭޓްކުރުމާއި ބައިންޑްކުރުން.                 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

1. ވަޒީފާގެ ޝަރުޠު - ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން. (ވަޒީފާގެ ޝަރުޠު ފުރިހަމަނުވާނަމަ، ޑިސްކޮލިފައިވާނެ)

2. ތަޢުލީމާއި ތަމްރީނު- ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް.

3. ތަޖުރިބާ– ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ.

4. ލިބިފައިވާ ހުނަރު– އިންޓަވިޔު / ޕްރެކްޓިކަލްސް.

އިންޓަވިޔުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: 

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލް އޮންނާނީ، 2015 އޯކްޓޫބަރު 20 ވާ އަންގާރަ  ދުވަހު، ބ. ގޮއިދޫ ސްކޫލުގައެވެ. ގަޑި 1 ދުވަސް ކުރިން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:      

މި  ވަޒީފާއަށް  އެދޭ  ފަރާތްތަކުން،  ވަޒީފާއަށް  އެދޭ  ފޯމް  ފުރިހަމަކުރުމަށްފަހު،  ފޯމާއެކު  ހުށަހަޅަންޖެހޭ  ލިޔުންތައް،  2015  އޮކްޓޫބަރު  20  ވާ  އަންގާރަ  ދުވަހުގެ  12:00  ގެ  ކުރިން  މި  އިދާރާއަށް  ހުށަހެޅުން  އެދެމެވެ.   

އުޖޫރައާއި ޢިނާޔަތްތައް: 

ކަނޑައެޅިފައިވާ އުޞޫލްތަކާ އެއްގޮތްވާގޮތުގެމަތިން ތިރިގައިމިވާ ޢިނާޔަތްތައް ލިބޭނެ.

  1. އިތުރުގަޑި / ބަންދު ދުވަސްތަކުގެ ފައިސާ.
  2. ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ.

ހުށަހަޅަން ޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްއަށް / ސަރުކާރުން ޚިދުމަށްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒިފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

2. ވަޒީފާއަށް އެދޭ ފަރާތްތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600014 ނަންބަރު ފޯނާއެވެ. 

                                  23 ޛުލްޙިއްޖާ 1436

07 އޮކްޓޫބަރު 2015
ހޯދާ