މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
2016 ވަނަ އަހަރު ދިވެހި ރާއްޖެއަށް އެތެރެކުރާ އެޗް.ސީ.އެފް.ސީ ކޯޓާގެ މިންވަރު

2016 ވަނަ އަހަރު ދިވެހި ރާއްޖެއަށް އެތެރެކުރާ އެޗް.ސީ.އެފް.ސީ ކޯޓާގެ މިންވަރު

އޯޒޯން ފަށަލައަށް ގެއްލުން ދޭ މާއްދާތައް ނައްތާލުމަށް ހަދާފައިވާ ބައިނަލްއަޤުވާމީ މުޢާހަދާ، މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ' ގެ ދަށުން، ފިނިކުރާ ނިޒާމުތަކުގައި ބޭނުންކުރާ ހައިޑްރޯކްލޯރޯފްލޯރޯކާބަންސް (އެޗް.ސީ.އެފް.ސީ) 2020 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިހާރު ދިވެހިރާއްޖެއަށް އެތެރެކުރުން ކޮންޓްރޯލް ކުރަން ފަށާފައިވާ އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް (ބްލެންޑްސް) 2016 ވަނަ އަހަރު ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ ކޯޓާގެ މިންވަރަކީ 43.6 (ސާޅީސް ތިނެއް ޕޮއިންޓް ހައެއް) މެޓްރިކްޓަނެވެ. އަދި، މިއަދަދަށް ގޭސް އެތެރެކުރެވޭނީ 2016 ވަނަ އަހަރު އެޗް.ސީ.އެފް.ސީ ގޭސް އެތެރެކުރުމުގެ ޚާއްޞަ ހުއްދަ ދެވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އެކަންޏެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

15 އޮކްޓޫބަރު 2015
ހޯދާ