ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޤައުމީ ދިދައާއި، ޖުޑިޝަރީ ދިދަ ފަހައިދިނުމުގެ މަސައްކަތް ކޮށްދޭން ފަރާތެއް ހޯދަން

މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް މި ޑިޕާޓްމަންޓުން ދޭ މަޢުލޫމާތާ އެއްގޮތަށް ދިވެހިރާއްޖޭގެ ޤައުމީދިދައާއި، ޖުޑިޝަރީދިދަ ފަހައިދިނުމުގެ މަސައްކަތް ކޮށްދޭން ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޛުލްޙިއްޖާ 1436

13 އޮކްޓޫބަރު 2015
ހޯދާ