މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސް އިމާމު/ އިމާމު/ މުދިމު (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ވަގުތީ އިމާމަކު ހޯދުމަށް 4 އޮކްޓޫބަރު 2015 ގައި މި އިދާރާއިން ކުރި IUL)334/334/2015/81) ނަންބަރު އިޢުލާނު ބާޠިލްކޮށް، އަލުން އިޢުލާނު ކުރަމެވެ.

މަޤާމު:

އިސް އިމާމު/ އިމާމު/ މުދިމު (ކޮންޓްރެކްޓް)

އަތޮޅާއި ރަށް:

މާލެއަތޮޅު / ހުރާ

މަޤާމުގެ އަދަދު:

1 (އެކެއް)

އޮފީސް / އިދާރާ

މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުރާގެ މިސްކިތްތަކަށް

މުއްދަތު:

26 ނޮވެންބަރު 2015 ން 17 ޑިސެންބަރު 2015 އަށް

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

މުސާރަ:

މުދިމު (ޖީ. އެސް. 1) 3565.00 ރުފިޔާ

އިމާމު (ޖީ. އެސް. 3) 4465.00 ރުފިޔާ

އިމާމު (ޖީ. އެސް. 4) 5020.00 ރުފިޔާ

އިމާމު (އެމް. އެސް. 1) 5610.00 ރުފިޔާ

އިމާމު (އެމް. އެސް. 2) 6295.00 ރުފިޔާ

އިސް އިމާމު (އެމް. އެސް. 3) 7035.00 ރުފިޔާ

 

 

ސަރވިސް އެލަވަންސް:

މުދިމު( ޖީ. އެސް. 1) 1500.00 ރުފިޔާ

އިމާމު (ޖީ. އެސް. 3) 1500.00 ރުފިޔާ

އިމާމު (ޖީ. އެސް. 4) 1500.00 ރުފިޔާ

އިމާމު (އެމް. އެސް. 1) 2000.00 ރުފިޔާ

އިމާމު (އެމް. އެސް. 2) 2000.00 ރުފިޔާ

އިސް އިމާމު (އެމް. އެސް. 3) 2000.00 ރުފިޔާ

 

 

މުދިމު ނުވަތަ އިމާމުގެ ރޭންކާއި ކްލެސިފިކޭޝަން:

މުދިމު: ޖީ. އެސް. 1 (އެސިސްޓެންޓް އޮފިސަރ ގްރޭޑް 1)

އިމާމު: ޖީ. އެސް. 3 (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1)

އިމާމު: ޖީ. އެސް. 4 (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

އިމާމު: އެމް. އެސް. 1 (ޓެކްނިކަލް އޮފިސަރ ގްރޭޑް 1)

އިމާމު: އެމް. އެސް. 2 (ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

އިސް އިމާމު: އެމް. އެސް. 3 (ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1)

ސެކްޝަން:

ހުރާ ކައުންސިލް އިދާރާގެ އިކޮނޮމިކް ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

އެހެނިހެން އެލަވަންސް:

ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސް، އިތުރުގަޑީގެ މަސައްކަތަށްދޭ ފައިސާ، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް، ހަމަޖެހިފައިވާ ޤަވާޢިދުގެމަތިން ދެވޭނެއެވެ.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ރަށު ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ކޮންމެ ނަމާދުވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި، ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.
  • މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެކަމެއް ކައުންސިލްގެ އިދާރާއަށް އަންގައި، އެކަން ރަނގަޅުކުރެވޭތޯ  ބެލުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ، ކައުންސިލުގެ އިދާރާއަށް އެކަން އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  • ރަށު ކައުންސިލުން އަންގައިފި ހިނދެއްގައި  ކޭތަ ނަމާދާއި، ޢީދު ނަމާދާއި، ހުކުރު ނަމާދު އިމާމުވެ ކުރުން.
  • މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދާއި ކަށުނަމަދު ކުރުން.
  • މިސްކިތުގެ މަސައްކަތުމީހުން މަސައްކަތްކުރާ ނުކުރާގޮތްބަލައި، ކައުންސިލުން އަންގާގޮތެއްގެމަތިން އެމީހުންލައްވާ މަސައްކަތް ކުރުވުން.
  • މިސްކިތު މަސައްކަތުމީހާ ހާޒިރުނުވާ ވަގުތެއްގައިނަމަ، މިސްކިތުގެ އިމާމު މިސްކިތްތެރެ ސާފުކުރުމާއި، ނަމާދުކޮށް ނިމިގެންދަމުން ބޮކި، ހޮޅިބުރި، ފަންކާފަދަ ތަކެތި ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.
  • މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިނގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
  • މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައްތައް ކުރުން.
  • މިސްކިތާބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހައި، އެ ޝަކުވާތައް ކައުންސިލަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  • ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠުތައް:

 

މުދިމު: ޖީ. އެސް. 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދުމަގުން ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.

އިމާމު: ޖީ. އެސް. 3

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިމާމު: ޖީ. އެސް. 4

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގެ މަޤާމުގައި ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގަބޫލުކުރައްވާ ދީނީ މަރުކަޒަކުން މަތީ ޘާނަވީ ސެޓްފިކެޓް ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިމާމު: އެމް. އެސް. 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގައި ޖީ. އެސް. 4 ގެ ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިމާމު: އެމް. އެސް. 2

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިސް އިމާމު: އެމް. އެސް. 3

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިމާމުކަމުގެ މަޤާމުގެ އެމް. އެސް. 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އެޕްލިކޭޝަން ފޮނުވަންވީ

ތާރީޚު:

2015  ނޮވެންބަރު  19  ވާ  ބުރާސްފަތި  ދުވަހުގެ  މެންދުރު  12:30  ގެ  ކުރިން  މާލެއަތޮޅު  ހުރާ ކައުންސިލްގެ އިދާރާ (ކ. ހުރާ) އަށެވެ.

އިންޓަވިއު:

އިންޓަރވިއުކުރުން ބޭއްވޭނީ،  2015 ނޮވެންބަރު 23 ވަނަ ދުވަހު މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ.

- މުދިމުކަމުގެ މަޤާމަށް މީހަކު ހޮވުމުގައި، ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލޭނެއެވެ. އިމާމުކަމުގެ މަޤާމަށް ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ، މުދިމުކަމުގެ މަޤާމަށް މީހަކު ހޮވާނީ، މުދިމުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއިން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެގިނަ ޕޮއިންޓުލިބޭ ފަރާތަކަށެވެ.

- މި ވަޒީފާއަކީ، އެއްބަސްވުމެއްގެ ދަށުން ވަކި މުއްދަތަކަށް ދެވޭ ވަޒީފާއަކަށްވާތީ، 55 އަހަރުންމަތީގެ ފަރާތްތަކަށްވެސް މި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒިފާއަށް އެދި ހުށަހަޅާ ސިޓީ / ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު، މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.)
  2. އައިޑީ ކާޑުގެ ކޮޕީ (ކިޔަން އެނގޭ ކޮޕީއެއް)
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރިޑެޓްކޮށްފައިވާ ކޮޕީ (އަސްލާއެކު)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. ވަޒިފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  6. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ 6640074 ނަންބަރު ފޯނަށް ނުވަތަ 7752778 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6640074 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

28 ޛުލްޙިއްޖާ 1436

12 އޮކްޓޫބަރު 2015
ހޯދާ