ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އަލިފާން ނިއްވާ ނިޒާމުގައި ހިމެނޭ ފުޅިތައް ރިފިލް ކުރުމާއި އަލަށް ބަހައްޓަން ބޭނުންވާ ފުޅިތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަލިފާން ނިއްވާ ނިޒާމުގައި ހިމެނޭ ފުޅިތައް ރިފިލް ކުރުމާއި އަލަށް ބަހައްޓަން ބޭނުންވާ ފުޅިތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިޑިޕާޓްމަންޓުގެ ނަންބަރު K/2015/78-ފ198 (14 ސެޕްޓެންބަރު 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަދަދު މަދުކަމަށްފެންނާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

21  ޛުލްޙިއްޖާ 1436       

05 އޮކްޓޫބަރު 2015
ހޯދާ