މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކުންފުނިތަކުގެ އަހަރީހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ހުށަހެޅުން

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން، އެކުންފުންޏެއްގެ އަހަރީހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް، ރަޖިސްޓްރަރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންޖެހެއެވެ. މިގޮތުން، 1 ޖަނަވަރީ 2014 އާއި 31 ޑިސެންބަރު 2014 އާ ދެމެދު އެކައުންޓިންގ ޕީރިއަޑް ނިމޭ ކުންފުނިތަކުން ތިރީގައިވާ ގޮތަށް ޢަމަލުކުރުމަށް ދެންނެވީމެވެ.

  1. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް އޮޑިޓްކޮށްފައިވާ ހިސާބުތައް ހުށަހަޅާފައިވާ ފަރާތްތަކުން، ހަމައެކަނި ހުށަހަޅަންޖެހޭނީ ޑިރެކްޓަރުންގެ ރިޕޯޓެވެ.
  2. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް އޮޑިޓްކޮށްފައިވާ ހިސާބުތައް ހުށަހަޅަންނުޖެހޭ ފަރާތްތަކުން، އެކުންފުންޏެއްގެ އަހަރީހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންޖެހޭނެއެވެ.
  3. އަހަރީހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑިއަކީ 30 ނޮވެންބަރު 2015 އެވެ. 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިނިސްޓްރީގެ ނަންބަރު 3193 333 އަށް ގުޅުއްވުން އެދެމެވެ.

‏18‏ ޛުލްޙިއްޖާ‏ 1436

01 އޮކްޓޫބަރު 2015
ހޯދާ