ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވޭން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން

ތ. އަތޮޅު ހޮސްޕިޓަލުގެ އެމްބިއުލާންސް، ސްޓާފް ވޭން އަދި ތ.ކިނބިދޫ ޞިއްޙީ މަރުކަޒުގެ އެމްބިއުލާންސްގޮތުގައި ބޭނުންކުރާ ވޭން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުގެ 14:00 އަށް ތ. އަތޮޅު ހޮސްޕިޓަލް، މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ،ސޯސަންމަގު ) އަދި ތ. ކިނބިދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އޮކްޓޫބަރު 06 ވާ އަންގާރަދުވަހުގެ 10:00 އަށް ތ. އަތޮޅު ހޮސްޕިޓަލް، މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) އަދި ތ. ކިނބިދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު އައި.ޑީކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ބަދަލުގައި މީހަކު ހާޒިރުވާނަމަ ވެރިފަރާތުގެ ސިޓީ އަދި އައި.ޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

15 ސެޕްޓެންބަރު 2015
ހޯދާ