މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: ފީލްޑް އޮފިސަރ                                         

މުސާރަ

މަހަކު -/4000 ރ.

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

ރޭންކް

ޖީ.އެސް.2

ބޭނުންވާ ޢަދަދު

 1

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޓްރޭނިން އެންޑް އެކްސްޓެންޝަން އެޑެޕްޓިވް ރިސާރޗް

މަސައްކަތްކުރަންޖެހޭތަން

ހދ. ހަނިމާދޫ  

މަޤާމުގެ ޝަރުޠު

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 
  • ސާނަވީ ތައުމީމު ފުރިހަމަކުރުމަށްފަހު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ހައްދާ ނަމޫނާ ދަނޑުތައް ބެލެހެއްޓުން (ގަސްތަކަށް ފެންޖެހުމާއި، ގަސްތަކަށް ދިމަވާ މައްސަލަތައް ދެނެގަނެ އެކަމަކާއި ގުޅޭ ފަރުވާތައް ސެންޓަރުގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކު ދިނުމާއި، ދަނޑުބިން ހިމެނޭ ސަރަޙައްދުގެ ވިނަ ނޮޅުމާއި، ދަނޑުބިން ސަރަހައްދު ސާފުކުރުން)
  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުން ހިންގާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން.
  • މިނިސްޓްރީން ފާހަގަކުރާ ދަނޑުވެރިންގެ ދުވަހާއި މަސްވެރިންގެ ދުވަސް ފަދަ މުހިއްމު މުނާސަބުތަކާ
  • ގުޅުވައިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން. (މިފަދަ ދުވަސްތަކަށް ބޭނުންވާ ގަސް މުޑުވައްކުރުމުގެ މަސައްކަތް ކުރުމާއި، މިގަސްތައް ބަލަހައްޓާ ދުވަހުން ދުވަހަށް ދޭންޖެހޭ ފަރުވާ ދިނުން)

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ދަނޑުވެރިކަމުގެ ދާއިރާއިން ލިބިފައިވާތަޢުލީމާއި، ތަމްރީން
  • ދަނޑުވެރިކަމުގެ ދާއިރާއާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރި މިންވަރު

މަޤާމު: ސީނިއަރ ސައިންޓިފިކް އޮފިސަރ                                     

މުސާރަ

މަހަކު -/8835

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

ޑިރެކްޓަރ

ރޭންކް

އީ.އެކްސް.1

ބޭނުންވާ އަދަދު  

1 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މެރިން ރިސާރޗް ސެންޓަރ  

މަސައްކަތްކުރަންޖެހޭތަން

މެރިން ރިސާރޗް ސެންޓަރ  

މަޤާމުގެ ޝަރުޠު

 

  • މަޤާމުގެ މަސައްތަކާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ، 
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައވުން، ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާ އެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ކަނޑުމަހާއި އެންވެރިކަމުގެ މަސްވެރިކަމުގެ ހުރި މުހިއްމު މައްސަލަތައް ދެނެގަނެ ކޮންމެ އަހަރަކުވެސް ކުރަންޖެހޭ މަސައްކަތް ދެނެގަނެ، ކުރާނެ މަސައްކަތުގެ ޕްރޮގްރާމު އެކުލަވާލާ ބަޖެޓް ހެދުމުގެ މަސައްކަތް ކުރުން.
  • ކަނޑު މަހާއި ކަންނެލީގެ މަސްވެރިކަމާއި ބެހޭ ދިރާސާ (މޮނިޓަރ، ރިވިޔު، ރިޕޯޓު) ކޮށް ޑޮކިއުމެންޓް ކުރުން.
  • އެންވެރިކަމާއި ބެހޭ ދިރާސާ (މޮނިޓަރ، ރިވިޔު، ރިޕޯޓު) ކޮށް ޑޮކިޔުމަންޓް ކުރުން.
  • ދެމެހެއްޓެނިވި ގޮތެއްގައި އެންވެރިކަންކުރުން/ އެން ބޭނުންކުރުމާބެހޭ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރި ކުރުމުގެ ޙަރަކާތްތައް ހިންގުން.
  • އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަން ގެ ގުޅުން ހުރި ޖަލްސާތަކުގައި ބައިވެރިވެ، އަދި ރާއްޖޭގައި ކުރެވޭ ދިރާސާގެ އަލީގައި ރާއްޖޭގެ ސައިންސް އެޖެންޑާ އައިއޯޓީސީއަށް ކޮމިޔުނިކޭޓް ކުރުން

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މަސްވެރިކަމުގެ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި، ތަމްރީން
  • މަސްވެރިކަމުގެ ދާއިރާއާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރި މިންވަރު

މަޤާމު: ރިސާރޗް އޮފިސަރ                                            

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ބޭނުންވާ އަދަދު 

1

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް.2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް މެނޭޖްމެންޓް

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމްގެ ޝަރުޠު

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ    
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް  މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގަތުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ދިވެހިރާއްޖޭގެ މަސްވެރިކަން ރާވާ، ހިންގައި ބެލެހެއްޓުމަށް ނިޒާމްތަކެއް ކަނޑައަޅައި ތަންފީޒުކުރުން
  • ދިވެހިރާއްޖޭގައި ކުރާ ކަނޑުގެ ދިރުންތަކުގެ ތަޙްލީލްކުރުމަށް ދޫކުރާ ހުއްދަތަކުގެ މަސައްކަތްކުރުން
  • މަސްވެރިކަމުގެ ދާއިރާގައި ހިމެނޭ ބޭރުގެ އެކި ޖަމްޢިއްޔާ އަދި ޖަމާޢަތްތަކުން ރާވާ ހިންގާ ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުން.
  • ދިވެހިރާއްޖޭގައި ކުރާ އެކި އެކި މަސްވެރިކަމުގެ ހާލަތު ބަޔާންކުރާ ރިޕޯޓުތައް ތައްޔާރުކުރުން
  • މޮނިޓަރިންގް، ކޮންޓްރޯލް އެންޑް ސަރވައަލަންސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީން
  • މަސްވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސްވެރިކަމުގެ ސިނާޢަތާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ                              

މުސާރަ

މަހަކު -/5610

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް

އެމް.އެސް.1

ބޭނުންވާ އަދަދު 

1 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ހިޔުމަން ރިސޯސް ސެކްޝަން

މަސައްކަތްކުރަންޖެހޭތަން

ހުޅުލެ

މަޤާމުގެ ޝަރުޠު

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ކަނޑައެޅިފައިވާ މުއްދަތަކަށް ތައްޔާރުކޮށް މުވައްޒަފުންނަށް މުސާރަ ދިނުމުގެ އެންމެހާ ކަންތައްތައް ކުރުން.
  • ކްރެޑިޓްސްކީމްގެ އެންމެހާ ކަންތައްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  • މުވައްޒަފުންގެ ޕެންޝަންގެ ކަންތައްތައް ބަލަހައްޓައި މޮނިޓަރ ކުރުން.
  • ކޮންޓެކްޓް އުސޫލުން ގެންގުޅޭ މީހުންގެ އެގްރިމެންޓް ހެދުމާއި، އެމީހުންގެ ވާރކްވިސާ ހައްދައި، އެމީހުންގެ ޕާސްޕޯރޓްތައް މުއްދަތު ހަމަވޭތޯ ބަލައި ޕާސްޕޯރޓްތަކުގެ މުއްދަތު އިތުރުކުރުން.
  • ވާރކްޕަރމިޓްފީގެ ކަންތައް ބަރާބަރަށް ދެއްކުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން
  • ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުން ފުރައިގެން ދިއުމުން ވާރކްވިސާ ކެންސަލް ކުރުން
  • ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުން މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުން ހެލްތު އިންސުއަރެންސް ހަމަޖެއްސުން.
  • އަހަރީ ބަޖެޓް ތައްޔާރު ކުރުމުގައި ވޭތުވެދިޔަ އަހަރަށް ޚަރަދުވީ ވަރާއި ކުރިއަށް އޮތް އަހަރަށް އަންދާޒާ ކުރެވޭ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ތައްޔާރު ކުރުން.
  • މުވައްޒަފުންގެ އިންސުއަރެންސްއާބެހޭ އެންމެހާ ކަންތައް  ކުރުން

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާތަޢުލީމާއި، ތަމްރީން
  • މަޤާމުގެ މަސައްކަތްތަކުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.
ޢިނާޔަތްތައް 

ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

  1. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  2. ފީލްޑް އޮފިސަރގެ މަޤާމަށް، ވަޒީފާ އަދާކުރަންޖެހޭ ރަށް ނޫންރަށެއްގެ މީހަކު ހަމަޖެހިއްޖެނަމަ ކޮއްތުފައިސާގެ ގޮތުގައި ދުވާލަކު 120ރ ގެ މަގުން ކޮއްތުފައިސާ ލިބޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް 
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) (ނަމަވެސް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ  ކޯސްތައ ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް އެކްރިޑިޓްކޮށްފައި ނުވި ނަމަވެސް ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސް އަށް  ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ސޯޓް ލިސްޓް ކުރެވޭ ފަރާތަކަށެވެ.
މަގާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިހާނު ކުރުން  މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން ، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ. 
ސުންގަޑި  މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށްއެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. 
އިތުރު މަޢުލޫމާތު 

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339244 އާ ގުޅުއްވުން އެދެމެވެ.

 

14 ސެޕްޓެންބަރު 2015
ހޯދާ