ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުމަށް

ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނިން މީޑިއާ ޓްރެއިނިންގ އިންސްޓިޓިއުޓެއް ޤާއިމުކުރުމަށް ޢިމާރާތެއް ކުއްޔަށްބޭނުންވެއެވެ.

މިފަދަ ޢިމާރާތެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ މަޢުލޫމާތު ޝީޓް 16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ10:00 ން ފެށިގެން 28 ސެޕްޓެންބަރު 2015 ވާ ހޯމަދުވަހުގެ 10:00 އާ ހަމައަށް މިކުންފުނީގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އާއި ، ޓީވީ ބިލްޑިންގ ރިސެޕްޝްނުން ލިބެންހުންނާއެވެ.        

ވީމާ، މި ކުންފުނިންދޭ މަޢުލޫމާތުގައިވާ ކަންކަން ފުރިހަމަކޮށް 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 13:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ)އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ.

23 ޛުލްޤަޢިދާ 1436

07 ސެޕްޓެންބަރު 2015
ހޯދާ