މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސުޕަވައިޒަރ (ވޭޖް އުސޫލުން)

ތިރީގައި މިދަންނަވާ މަޤާމުތަކަށް ވޭޖް އުސޫލުން މީހުން ބޭނުންވެއްޖެ

މަޤާމު

ސުޕަވައިޒަރ (ވޭޖް އުސޫލުން)

މުއްދަތު

03 މަސް ދުވަހަށް

ބޭނުންވާ އަދަދު

02

މަސައްކަތް ކުރަން ހަމަޖެހިފައިވާ ވަގުތު

ދުވާލަކު 8 ގަޑިއިރު (1 ގަޑި އިރުގެ ބްރޭކެއް ހިމެނޭގޮތަށް)، ހަފުތާއަކު 6 ދުވަހު

(ރަސްމީ މަސައްކަތު ގަޑިއަކީ 06:30 – 14:30)

ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި،  ސެކްޝަން

ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމަންޓް / ސ. ހުޅުމީދޫ ސެކްޝަން

މުސާރައާއި އިނާޔަތްތައް

ރަސްމީ މަސައްކަތު ގަޑީގައި މަސައްކަތް ކުރާ ގަޑިއިރަކަށް 30 ރުފިޔާ.

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ތާރު އަދި ގައު އަޅާފައިވާ މަގުތައް ފޮހެ  ސާފުކުރުވުން.
  2. ބަނދަރުމަތީ ކުނިނަގާ ވިނަނޮޅާ ސާފުކުރުވުން.
  3. ބޯޅަ ދަނޑުތަކާއި ކުޅިވަރު ކުޅޭ ބިންތަކާއި ޕާރކްފަދަ ތަންތަން ވިނަ ދިގުވިޔަނުދީ ކޮށާ ސާފުކުރުވުން.
  4. ގަބުރުސްތާންތައް  ވިނަ ދިގުވިޔަނުދީ ކޮށާ ސާފުކުރުވުން.
  5. މަގަށް ދަތިވާގޮތަށް ހުންނަ ގަސްތައް ކަނޑައި ސާފުކުރުވުން.
  6. މަގަށް ދަތިވާގޮތަށް ވެއްޓޭ ރުއްގަސް ނެގުވުމާއި މަގު ސާފުކުރުވުން.
  7. އޮފީހުން ބަލަހައްޓަންޖެހޭ މަގުތަކުގެ ވިނަނޮޅާ ސާފުކުރުވުން.
  8. ގުދުރަތީ ޙާދިޘާއެއް މެދުވެރިވެގެން ދިމާވާ ކަންތައްތަކުގައި އަވަށު އޮފީހުން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތު ކުރަންޖެހޭ ކަންކަން ކުރުވުން.
  9. މަސައްކަތު މީހުން މަސައްކަތަށް ގަޑިއަށް ހާޒިރުވޭތޯ އާއި މަސައްކަތު ވަގުތު ހޭދަކުރަނީ ރަގަޅު ގޮތުގައިތޯ ބަލައި ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންގެ ކަންކަން ސުޕަވައިޒަރަށް ރިޕޯޓު ކުރުން.
  10. މީގެ އިތުރަށްވެސް މަސައްކަތާއި ގުޅޭގޮތުން އޮފީހުން އަންގާ މަސައްކަތް ކުރުން.

މަޤާމު

މަސައްކަތު (ވޭޖް އުސޫލުން)

މުއްދަތު

03 މަސް ދުވަހަށް

ބޭނުންވާ އަދަދު

06

މަސައްކަތް ކުރަން ހަމަޖެހިފައިވާ ވަގުތު

ދުވާލަކު 8 ގަޑިއިރު (1 ގަޑި އިރުގެ ބްރޭކެއް ހިމެނޭގޮތަށް)، ހަފްތާއަކު 6 ދުވަހު

(ރަސްމީ މަސައްކަތު ގަޑިއަކީ 06:30 – 14:30)

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމަންޓް/ ސ. ހުޅުމީދޫ ސެކްޝަން

މުސާރައާއި އިނާޔަތްތައް

ރަސްމީ މަސައްކަތު ގަޑީގައި މަސައްކަތް ކުރާ ގަޑިއިރަކަށް 20 ރުފިޔާ.

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ތާރު އަދި ގައު އަޅާފައިވާ މަގުތައް ފޮހެ ސާފުކުރުން.
  2. ބަނދަރުމަތީ ކުނިނަގާ ވިނަނޮޅާ ސާފުކުރުން.
  3. ބޯޅަ ދަނޑުތަކާއި ކުޅިވަރު ކުޅޭ ބިންތަކާއި ޕާރކްފަދަ ތަންތަން ވިނަ ދިގުވިޔަނުދީ ކޮށާ ސާފުކުރުން.
  4. ގަބުރުސްތާންތައް  ވިނަ ދިގުވިޔަނުދީ ކޮށާ ސާފުކުރުން.
  5. މަގަށް ދަތިވާގޮތަށް ހުންނަ ގަސްތައް ކަނޑައި ސާފުކުރުން.
  6. މަގަށް ދަތިވާގޮތަށް ވެއްޓޭ ރުއްގަސް ނެގުވުމާއި މަގު ސާފުކުރުން.
  7. އޮފީހުން ބަލަހައްޓަންޖެހޭ މަގުތަކުގެ ވިނަނޮޅާ ސާފުކުރުން.
  8. ގުދުރަތީ ޙާދިޘާއެއް މެދުވެރިވެގެން ދިމާވާ ކަންތައްތަކުގައި އަވަށު އޮފީހުން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތު ކުރަންޖެހޭ ކަންކަން ކުރުން.
  9. މީގެ އިތުރަށްވެސް މަސައްކަތާ ގުޅޭގޮތުން އޮފީހުން އަންގާ މަސައްކަތް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތަޢުުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ
  1. މާލޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް
  2. އައްޑޫ ސިޓީގައިނަމަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމަންޓް/ ސ. ހިތަދޫ އަދި ސ. ހުޅުދޫ އަވަށު އޮފީހުގައި ޤާއިމުކުރެވިފައިވާ ހައުސިންގ މިނިސްޓްރީގެ ސެކްޝަނަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 ސެޕްޓެންބަރު މަހުގެ ތާރީޚެއްގައިއެވެ.
  • މާލޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އައްޑޫ ސިޓީގައިނަމަ ސ. ހިތަދޫ އަދި  ސ. ހުޅުދޫމީދޫ ގައެވެ. (އިންޓަވިއު ބޭއްވޭނެ ތަން އިންޓަވިއުއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ފަހުން އެންގޭނެއެވެ.)
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

24 ޛުލްޤަޢިދާ 1436

08 ސެޕްޓެންބަރު 2015
ހޯދާ