މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމުގެ ނަން: ޑިރެކްޓަރ

މުސާރަ: 8835.00 ރުފިޔާ

ސާރވިސް އެލަވަންސް: 2000.00 ރުފިޔާ

ރޭންކް: އީ.އެކްސް 1

ކްލެސިފިކޭޝަން: ޑިރެކްޓަރ

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް / ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް

ޝަރުޠު:

  • މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • މިނިސްޓްރީގެ PSIP ބަޖެޓް ކޮންމެއަހަރަކު ތައްޔާރުކޮށް ބަޖެޓްގައި ހިމެނޭ މަސައްކަތްތައް ކުރެވޭނެ ގޮތް ރާވާ މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި މަސައްކަތް ވިލަރެސްކުރުމަށް ޑިޕާޓްމަންޓްގެ އެންމެ އިސްވެރިޔާއަށް އެހީތެރިވުން.
  • ޓެކްނިކަލް ކޮމެޓީގެ މަސައްކަތް ކުރެވޭނެ ގޮތް ރާވާ މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި ވިލަރެސްކުރުމަށް ޑިޕާޓްމަންޓް އިސްވެރިޔާއަށް އެހީތެރިވުން.
  • މިނިސްޓްރީގެ ދަށުން ބަލަހައްޓާ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއި، ޒުވާނުންގެ މަރުކަޒުތައް ތަރައްޤީކޮށް ބަލަހައްޓާ ސްޕޯޓްސް ޑޭޓާބޭސްގެ މަސައްކަތް ނިންމުމާއި މި ޑޭޓާބޭސް އިން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

ނޯޓް:

  • މި މަޤާމުގެ އިންޓަވިއު 01 މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.
  • މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މ ިމަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
  • ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހު 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބް ސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

25 ޛުލްޤަޢިދާ 1436

09 ސެޕްޓެންބަރު 2015
ހޯދާ