މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމުގެ ނަން: ޑިރެކްޓަރ

މުސާރަ:  8835.00 ރުފިޔާ

ސާރވިސް އެލަވަންސް: 2000.00 ރުފިޔާ

ރޭންކް: އީ.އެކްސް 1

ކްލެސިފިކޭޝަން: ޑިރެކްޓަރ

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް/ ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރުކަޒު.

ޝަރުޠު:

  1. އެޑިޔުކޭޝަން/ މެނޭޖްމަންޓް/ ޓީޗިންގ/ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑިޔުކޭޝަން/ މެނޭޖްމަންޓް/ ޓީޗިންގ/ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑިޔުކޭޝަން/ މެނޭޖްމަންޓް/ ޓީޗިންގ/ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑިޔުކޭޝަން/ މެނޭޖްމަންޓް/ ޓީޗިންގ/ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑިޔުކޭޝަން/ މެނޭޖްމަންޓް/ ޓީޗިންގ/ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑިޔުކޭޝަން/ މެނޭޖްމަންޓް/ ޓީޗިންގ/ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • މޯލްޑިވްސް ނެޝަނަލް އިންސްޓިއުޓް އޮފް ސްޕޯޓްސްގެ ހުރިހާ މަސައްކަތެއް ވިލަރެސް ކުރުން.
  • ސްޕޯޓްސް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަންގެ ސްޕޯޓްސް ޓްރެއިނިންގ ޔުނިޓާއި ރިސާރޗް އެންޑް ޕަބްލިކޭޝަން ޔުނިޓްގެ ހުރިހާ މަސައްކަތްތަކެއް ވިލަރެސް ކުރުން.
  • ސްޕޯޓްސް ސަރވިސް ސެކްޝަންގެ ދަށުން ކުޅުންތެރިންނާއި ކޯޗުންނަށް ބޭނުންވާ ފަންނީ އެހީއާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖއްސަވައިދެއްވުން.
  • ސްޕޯޓްސް އިންސްޓިޓިއުޓްގެ އެޑްމިނިސްޓްރޭޝަން ސެކްޝަން ގެ މަސައްކަތްތައް ރާވާ ހިންގާ ވިލަރެސްކުރުން.
  • ސްޕޯޓްސް އިންސްޓިޓިއުޓްގެ މެންޑޭޓާއި އެއްގޮތަށް މަސައްކަތްތައް ރާވާ ހިންގާ ވިލަރެސް ކުރުން.
  • ސްޕޯޓްސް އިންސްޓިޓިއުޓްގެ ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ޕްލޭންތައް އަހަރުން އަހަރަށް ތައްޔާރުކުރުން.
  • ސްޕޯޓްސް އިންސްޓިޓިއުޓްއިން އެ އަހަރަކު ހިންގާނެ ޕްރޮގްރާމްތައް އެކުލަވާލައި ކޮންމެ މަހަކު ބަޖެޓް ތައްޔާރުކުރުން.

ނޯޓް:

މި މަޤާމުގެ އިންޓަވިއު 01 މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.

މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 28 ސެޕްޓެންބަރު 2015 ވާ ހޯމަދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބް ސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

25 ޛުލްޤަޢިދާ 1436

09 ސެޕްޓެންބަރު 2015
ހޯދާ