މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކޮށް، ދީނީ ނަސޭހަތްދިނުމުގައި މި މިނިސްޓްރީގެ ހުއްދަ ނެގުމާބެހޭ

އިޢުލާން

ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން އެޤާނޫނުގެ (2) ވަނަމާއްދާގެ (ނ) ގައިވާގޮތުން، ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކޮށް، ދީނީ ނަސޭހަތްދެވޭނީ، މި މިނިސްޓްރީގެ ހުއްދަ، ލިޔުމަކުން ލިބިގެންނެވެ.

އިސްވެ ބަޔާންވެދިޔަ ޤާނޫނާ ޚިލާފަށް، ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކޮށް، ދީނީ ނަސޭހަތްދިނުމުގެ ހުއްދަ، މި މިނިސްޓްރީން ނޫން ފަރާތްތަކުން ދޫކޮށްފައިވާތީ، އެފަދަ ފަރާތްތަކުން ދޫކޮށްފައިވާ ހުއްދަތަކަކީ ބާޠިލު ހުއްދަތަކެކެވެ.

ވީމާ، ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކޮށް، ދީނީ ނަސޭހަތްދިނުމުގެ ހުއްދަ ނަންގަވަން ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީއަށް ހުށަހަޅުއްވައިގެން ހުއްދަ ނެންގެވުމަށް ދަންނަވަމެވެ.

30 އޮގަސްޓް 2015
ހޯދާ