މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ލައިސަންސް ހިފެހެއްޓުން

އިޢުލާން 

ސަނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ޓޫރިޒަމާ ގުޅުންހުރި ދަތުރުރާވައި ހިންގުމުގެ ގަވާއިދާ ޚިލާފުވެފައިވާތީ އެ ޓްރެވެލް އެޖެންސީއަށް ދީފައިވާ ދިވެހިރާއްޖޭގެ ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހުއްދަ 2 ސެޕްޓެންބަރު 2015 ވަނަ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހަށް ހިފެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. އަދި ސަނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމާ ގުޅިގެން އެ ޓްރެވެލް އޭޖެންސީއާއެކު ދަތުރު ރާވައި ހިންގުމުގެ ޚިދުމަތާގުޅޭ އެއްވެސް މުޢާމަލާތެއް މިމުއްދަތުގެ ތެރޭގައި ނުކުރެއްވުމަށް ދެންނެވީމެވެ.

                              18 ޛުލްޤަޢިދާ 1436

02 ސެޕްޓެންބަރު 2015
ހޯދާ