މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިއްޒުއްދީން ފާލަމާއި 1 ނަންބަރު ފާލަމާއި، 2 ނަންބަރު ފާލަން ހިމެނޭ ސަރަހައްދާއި އަދި 3، 4 ނަންބަރު ފާލަމާބެހޭއި

ޢާންމު އިޢުލާން

ޢިއްޒުއްދީން ފާލަން ތަރައްޤީކޮށް އެފާލަން ދެމެހެއްޓެނިވި އަދި އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި 1 ނަންބަރު ފާލަމާއި، 2 ނަންބަރު ފާލަން ޢިއްޒުއްދީން ފާލަމުގެ ބައެއްގެ ގޮތުގައި ހިމަނައިގެން، ޢިއްޒުއްދީން ފާލަން ސަރަޙައްދު ސަރުކާރުގެ ރަސްމީ ބޭނުންތަކަށް ބޭނުންކުރުމުގެ އިތުރުން ވިޔަފާރި އުސޫލުން އެސަރަޙައްދު ބޭނުންކުރެއްވުމަށް ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން، 10 ސެޕްޓެންބަރު 2015 ވަނަ ދުވަހުން ފެށިގެން އެމް.ޓީ.ސީ.ސީ ގެ ބެލުމުގެ ދަށުން އެ ސަރަހައްދު ބެލެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން 1 ނަންބަރު ފާލަމާއި ލޯކަލް މާރުކޭޓުގެ އިރުމަތީ ފަރާތާ ދެމެދުގެ ފަޅު ބޭނުންކުރާ މަސްދޯނިފަހަރު 10 ސެޕްޓެންބަރު 2015 ވަނަ ދުވަހުން ފެށިގެން މިދެންނެވި ސަރަޙައްދު ބޭނުން ނުކުރުމަށް ދަންނަވަމެވެ. އަދި 10 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ ކުރިން، މިދެންނެވި ސަރަޙައްދު ބޭނުންކުރާ މަސްދޯނިފަހަރަށް މަސް ބޭލުމަށް، ލޯކަލް މާރުކޭޓުގެ ހުޅަނގު ފަޅުން ޖާގަ ހަމަޖައްސައި އަދި ފަޅުގައި އަޅާފައި ބޭއްވުމަށް ހުޅަނގު ދެކުނު ހާބަރުން ސަރަޙައްދެއް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން ހަމަޖައްސަވައިދެއްވާނެ ކަމުގައި ދަންނަވަމެވެ.

މީގެ އިތުރުން، 3 ނަންބަރު ފާލަން 10 ސެޕްޓެންބަރު 2015 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޚާއްޞަކުރެވިފައިވާތީ، އަދި       4 ނަންބަރު ފާލަން 10 ސެޕްޓެމްބަރު 2015 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ޚާއްސަކުރެވިފައިވާތީ، 3 ނަންބަރު ފާލަމާއި،   4 ނަންބަރު ފާލަން 10 ސެޕްޓެންބަރު 2015 ވަނަ ދުވަހުން ފެށިގެން ޢާންމު ފަރާތްތަކުން ބޭނުން ނުކުރުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

            19 ޛުލްޤަޢިދާ   1436ހ.

03 ސެޕްޓެންބަރު 2015
ހޯދާ