ދިވެހިރާއްޖެ
މަޤާމު: ޕްރިންސިޕަލް
ބޭނުންވާ އަދަދު: ކޮންމެ ސްކޫލަކަށް 1
ވަޒީފާއޮތް އޮފީސް: ލ.ދަންބިދޫ ސްކޫލް، ލ.އިހައްދޫ ސްކޫލް، ތ.ކަންޑޫދޫ ސްކޫލް، ލ.އިސްދޫ ކަލައިދޫ ސްކޫލް، ލ.މާމެންދޫ ސްކޫލް، ގއ.ދާންދޫ ސްކޫލް، ގއ.ކަނޑުހުޅުދޫ ސްކޫލް، ފ.މަގޫދޫ ސްކޫލް
ގިންތި: ދާއިމީ
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ލ.ދަންބިދޫ ސްކޫލް، ލ.އިހައްދޫ ސްކޫލް، ތ.ކަންޑޫދޫ ސްކޫލް، ލ.އިސްދޫ ކަލައިދޫ ސްކޫލް، ލ.މާމެންދޫ ސްކޫލް، ގއ.ދާންދޫ ސްކޫލް، ގއ.ކަނޑުހުޅުދޫ ސްކޫލް، ފ.މަގޫދޫ ސްކޫލް
ޝަރުޠު:
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ޕްރިންސިޕަލް
|
MS2
|
ޓީޗިން ސަރވިސް އޮފިސަރ 3 |
|
-/6,295 ރުފިޔާ |
-/2,500 ރުފިޔާ |
ޕްރިންސިޕަލް |
MS3 |
ޓީޗިން ސަރވިސް އޮފިސަރ 4 |
|
-/7,035 ރުފިޔާ |
-/2,500 ރުފިޔާ
|
ޕްރިންސިޕަލް |
MS4 |
ޓީޗިން ސަރވިސް އޮފިސަރ 5 |
|
-/7,875 ރުފިޔާ
|
-/2,500 ރުފިޔާ |
ޕްރިންސިޕަލް |
EX1 |
ޓީޗިން ސަރވިސް އޮފިސަރ 6 |
|
-/8,835 ރުފިޔާ |
-/2,500 ރުފިޔާ |
ޕްރިންސިޕަލް |
EX2 |
ޓީޗިން ސަރވިސް އޮފިސަރ 7 |
|
-/9,890 ރުފިޔާ |
-/2,500 ރުފިޔާ
|
ޕްރިންސިޕަލް |
EX3 |
ޓީޗިން ސަރވިސް އޮފިސަރ 8 |
|
-/11,065 ރުފިޔާ |
-/2,500 ރުފިޔާ |
ޕްރިންސިޕަލް |
EX4 |
ޓީޗިން ސަރވިސް އޮފިސަރ 9
|
|
-/12,400 ރުފިޔާ
|
-/2,500 ރުފިޔާ |
ޕްރިންސިޕަލް |
EX5 |
ޓީޗިން ސަރވިސް އޮފިސަރ 10 |
|
-/13,890 ރުފިޔާ |
-/2,500 ރުފިޔާ |
ޕްރިންސިޕަލް |
EX6 |
ޓީޗިން ސަރވިސް އޮފިސަރ 11 |
|
-/15,560 ރުފިޔާ |
-/2,500 ރުފިޔާ |
އިތުރުގަޑީގެ ފައިސާ: އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިންއިތުރު ގަޑީގެ ފައިސާލިބޭނެއެވެ.
ވަޒީފާގެ މަސްއޫލިއްޔަތު:
- ޕްރިންސިޕަލެއްގެ ހައިސިއްޔަތުން ކިޔަވާދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާހިންގުން.
- ޓީޗަރުންނާއި ކިޔަވާދިނުމުގައި ޙަރަކާތްތެރިވާ އެހެނިހެން މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށްގެންދާގޮތް ކަނޑައެޅިފައިވާ ގޮތުގެމަތިން ބަލައި، މުޤައްރަރުގައިވާ ގޮތުގެމަތިން ބަލައި، މުޤައްރަރުގައިވާ ގޮތުގެމަތިން އުނގެނުމާއި އުނގަންނައި ދިނުމުގެ ޙަރަކާތްތައް ގެންދިއުމަށް މަގުފަހިކޮށްދިނުން.
- ސްކޫލްގައި މަސައްކަތްކުރައްވާ ލީޑިންގ ޓީޗަރުންގެ މަސައްކަތްތައް ރާވާބެލެހެއްޓުން.
- ޑެޕިއުޓީ ޕްރިންސިޕަލުން އަދި ލީޑިންގ ޓީޗަރުންނާ ޙަވާލުކުރެވިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރޭތޯބެލުން އަދި ކުރެވެމުން ނުދާނަމަ ޙައްލުކުރުމަށްޓަކައި ފިޔަވަޅު އެޅުން.
- ސްކޫލްގެ ތަޢުލީމީ ސިޔާސަތުތައް ކަނދައެޅުމުގައި ޢަމަލީގޮތުން ބައިވެރިވެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ އެންމެއިސް މެމްބަރެއްގެ ގޮތުގައި ޙަރަކާތްތެރިވުން.
- ސްކޫލްގެ ދަރިވަރުންގެ 80 އިންސައްތަ ދަރިވަރުންނަކީ ހުރިހާ މާއްދާއަކުން ފާސްވެގެން އަހަރު ނިންމާލާ ދަރިވަރުންތަކެއް ކަމަށްހެދުން.
- ސްކޫލްގެ ހުރިހާ ދަރިވަރުންނަކީވެސް އަހަރުނިމޭއިރު ބޭސިކް ލިޓްރަސީ އަދި ނިއުމަރަސީ ސްކިލްތައް ހާސިލުކުރެވިފައިވާ ދަރިވަރުންތަކެއްކަން ކަށަވަރުކުރުން.
- ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޑެޕިއުޓީ ޕްރިންސިޕަލާއި، ލީޑިންގ ޓީޗަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނާއެކު ކަނޑައެޅިފައިވާ މައްސަލަތަކާ އެއްގޮތަށް ބައްދަލުވުންތައް ބޭއްވުން.
- ދަރިވަރުންނާއި ބެލެނިވެރިން އަދި މުވައްޒަފުންނަށް ފޯރުވާދޭންޖެހޭ މަޢުލޫމާތުތައް އެކަށީގެންވާ ގޮތެއްގައި ފޯރުވައިދުނުން.
- މުވައްޒަފުންގެ ކުރިއެރުމަށް ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގުން.
- ދަރިވަރުންގެ ތަފާތު ހުނަރު ތަރައްޤީކުރުމަށް އެކިއެކި ޙަރަކާތްތައް ރާވާހިންގުން.
- ރިޕޯޓުކުރައްވާ މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމުގެ ތެރެއިން ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރުބަލާ ފޯމުތައް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުން.
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤަބިލުކަމާއި ސިފަތަކަށެވެ.
- މިމަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ބޭފުޅުންނަށްއިސްކަންދެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯން: 3341423
ފެކްސް: 3321201
މެއިލް އެޑްރެސް: [email protected]
ސުންގަޑި: ޝަރުޠު ހަމަވާ މީހުން 17 ސެޕްޓެންބަރު 2015 ވަނަދުވަހުގެ 15:00ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއިއެއްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޗް.އާރު ސެކްޝަނަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅުއްވަންޖެހޭ ތަކެތި:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރިސެޕްޝަނުންނާއި މިނިސްޓްރީގެ ވެބްސައިޓް، www.moe.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ).
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު).
އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު: މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި ގަޑި އިޢުލާނުގެ މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައި ޝޯޓްލިސްޓް ކުރެވޭ ބޭފުޅުންނަށް އެންގޭނެ ވާހަކަ ދެންނެވީމެވެ. އިންޓަރވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެ ކަމުގައިވެސް ދަންނަވަމެވެ.