ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ފީފާ ކޮންޑިޝަނިންގ ކޯސް ފޯރ ޔޫތް ކޯޗަސް

"ފީފާ ކޮންޑިޝަނިންގ ކޯސް ފޯރ ޔޫތް ކޯޗަސް" 03 ން 07 ނޮވެންބަރު 2015, މާލެ

މިއެސޯސިއޭޝަނުން ފީފާ ކޮންޑިޝަނިންގ ކޯސް ފޯރ ޔޫތް ކޯޗަސް 03 ން 07 ނޮވެންބަރު 2015 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިކޯހުގައި ބައިވެރިވެލަންވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިކޯހުގައި ބައިވެރިވުމުގެ ޝަރުޠު ތިރީގައި މިވަނީއެވެ.

ޝަރުޠު:

  • ޔޫތް ކޯޗިންގައި މަސައްކަތް ކުރަމުންދާ މީހަކަށްވުން.
  • ކޯޗިން ސީވީ އެއް ހުށަހެޅުން. އަދި ކޯޗިން ކޮލިފިކޭޝަންގެ ކޮޕީއެއް ހުށަހެޅުން.
  • އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން (ލިޔުމާއި، ވާހަކަ ދެއްކުން) އެނގުން.
  • ވީމާ މިކޯހުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިހިނގާ ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދި ފޯމާއެކު ސީވީ މިއެސޯސިއޭޝަނަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މިއެސޯސިއޭޝަނުން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.

17 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015
ހޯދާ