މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން ނަމާދުވަގުތު އަންގައިދިނުމަށް ސަމާލުކަންދިނުމަށް

ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން ނަމާދުވަގުތު އަންގައިދިނުމަށް ސަމާލުކަންދިނުމަށް

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 28ވަނަ މާއްދާގައި "ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާ ވަގުތުތަކުގައި އަންނަ ނަމާދުވަގުތުތައް އަންގައިދިނުމުގެ ގޮތުން، ލިޔުންކޮޅެއް މަދުވެގެން 10 (ދިހައެއް) ސިކުންތު ވަންދެން ފޮނުވަންވާނެ" ކަމުގައި ބަޔާންކޮށްފައިވާއިރު، ނަމާދުވަގުތު އަންގައިދިނުމަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭ ފަރާތްތަކުން ސަމާލުކަން ނުދޭކަމުގައިބުނެ މި ކޮމިޝަނަށް ވަނީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވީމާ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 28ވަނަ މާއްދާގައި ކަނޑައަޅާފައިވާ ފަދައިން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދިނުމުގައި ބަންގިވަގުތު އަންގައިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.   

05 ޛުލްޤަޢިދާ 1436

20 އޮގަސްޓް 2015
ހޯދާ