ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ޖަނަވަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން

2016 ވަނަ އަހަރުގެ ޖަނަވަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން

2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2015 ސެޕްޓެންބަރު 01 އިން ފެށިގެން 2015 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ސެންޓަރުތަކުން ބައިވެރިވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާނީ މި މުއްދަތުގައި އެސެންޓަރަކަށެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 14:30 އަށެވެ. ފޯމު ހުށަހަޅުއްވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

12 ޛުލްޤަޢިދާ 1436

27 އޮގަސްޓް 2015
ހޯދާ