ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ދަރަނބޫދޫ ގުލްހަޒާރުމާގެ ގޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއާބެހޭ

ފ. ދަރަނބޫދޫ ގުލްހަޒާރުމާގޭ އަލްމަރުޙޫމް މުޙައްމަދު އިސްމާޢީލްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ "ގުލްހަޒާރުމާގެ" ގޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އެގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހައްދަވައިދެއްވުމަށް އެދި މިއިދާރާއަށްވަނީ ހުށަހަޅާފައެވެ.

ވީމާ، މި ރަޖިސްޓަރީއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 2015 ސެޕްޓެންބަރު 6 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޝައްވާލް 1436

12 އޮގަސްޓް 2015
ހޯދާ